ރަކީދޫ ބަނދަރު ހެދުމުގެ މަޝްރޫޢު
ރަކީދޫ ބަނދަރު ހެދުމުގެ މަޝްރޫޢު
މިސަރުކާރުން ކުޑަރަށަކަށްވީތީ ރަކީދުއާމެދު އިހުމާލު ނުވާނެ ކަމަށް ސަރުކާރު ކޯލިޝަންގެ މައިޕާޓީ އެމްޑީޕީގެ މަޖިލީސް މެމްބަރު މުޙައްމަދު ވަޙީދު (ފައިނު ވައްޑޭ) ވިދާޅުވެއްޖެއެވެ.

ވ.ރަކީދޫގައި މުޅިން އަލަށް މި ސަރުކާރުން ހަދާ ބަނދަރުގެ ޑިޒައިނާމެދު ރައްޔިތުންގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުން އެއްގޮތްކޮށް ބަނދަރުގެ މަސައްކަތް އަވަސްކުރުމަށް ރޭ ބޭއްވި ބައްދަލުވުމުގެ ފޮޓޯތަކާއެކު ކުރެއްވި ޓްވީޓެއްގައި ވައްޑެ ވިދާޅުވީ، މި ސަރުކާރުން ކުޑަރަށަކަށްވީތީ އިހުމާލު ނުވާނެ ކަމަށެވެ.

ރަކީދޫ ބަނދަރު ހެދުމުގެ މައްސަލާގައި ލޯކަލް ގަވަމެންޓް އޮތޯރިޓީގެ ޓީމަކާއި، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި، އުނގޫފާރު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ވަހީދު އަދި ކެޔޮދޫ ދާއިރާގެ މެމްބަރު ހުސައިން ގާސިމް ރޭ ވަނީ ރަކީދޫއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރަށްވާފަ އެވެ.

އެ ބައްދަލުވުމާ ގުޅޭގޮތުން "ރަސް އޮންލައިން" އަށް މައުލޫމާތު ދެއްވަމުން ރަކީދޫ ކައުންސިލްގެ ރައީސް އާދަމް ސާމީ ވިދާޅުވީ، ރަކީދޫ ބަނދަރު ހެދުމުގެ މަސައްކަތުގައި ރައްޔިތުންގެ ޚިޔާލު ތަފާތުވެފައި ވަނީ އަށްދަށު ވާޓަރު ޖަހައިގެން ބަނދަރު ހެދުމާ މެދުގައި ކަމަށެވެ. އެގޮތުން ރަށުގައި ދިރިއުޅޭ ރައްޔިތުން ބޭނުންވަނީ އަށްދަށު ވާޓަރު ޖަހައިގެން ބަނދަރު ހެދުމަށް ކަމަށް ސާމީ ވިދާޅުވިއެވެ.

"ރަށުގައި ދިރިއުޅޭ ރައްޔިތުން ބޭނުންވަނީ އަށްދަށު ވާޓަރު ޖަހައިގެން ބަނދަރު ހަދަން. ރޭގެ ބައްދަލުވުމުގައި ފާސްކޮށްފައި ވަނީ އަށްދަށު ވާޓަރު ޖަހައިގެން ހަމަ ކުރީގެ ޑިޒައިނަށް ބަނދަރު ހަދަން. މި ބަނދަރަކީ މިރަށުގެ ރައްޔިތުންގެ އެތައް ދުވަހެއްގެ ހުވަފެނެއް. އުއްމީދު ކުރަނީ ރައްޔިތުންގެ ނިންމުމާ އެއްގޮތަށް މި މަސައްކަތް ވީ އެންމެ އަވަހަކަށް، އަދި އެންމެ ރަނގަޅަށް ކޮށް ނިންމޭނެ ކަމަށް." ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.



ރަކީދޫ ބަނދަރު ހެދުމުގެ ޕްރޮޖެކްޓްގެ ދަށުން ރަކީދޫ ބަނދަރު ސަރަހައްދު ފުން ކުރުމާއި ބްރޭކްވޯޓާ އާއި ރިވެޓްމެންޓްގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އަދި ބަނދަރު ސަރަހައްދުގެ ޕޭވްމެންޓް ހެދުމާއި ބަނދަރު ބައްތި ހަރުކުރުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މި ޕްރޮޖެކްޓް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ. މި އަހަރުގެ އޮކްޓޫބަރަށް މަސައްކަތް ނިންމަން ޖެހޭ އިރު އެ ކަމަށް 18.5 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން