ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކޮށްފައިވާ ފުލެޓްތަކަކީ ރައްކާތެރިކަން ކުޑަ ތަންތަން ކަމަށް ބުނެ އާކިޓެކްޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އޭއޭއެމް) އިން ހިޔާ ފްލެޓްތަކަށް ފާޑުކިޔައިފިއެވެ.
އެ އެސޯސިއޭޝަނުން މިހެން ބުނެފައިވަނީ ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ 25 ބުރީގެ 16 ޓަވަރުގެ ހާލަތު ދެނެގަތުމަށް އާކިޓެކްޗަރ ކިޔަވަމުންދާ 18 ދަރިވަރުންނާއިއެކު އާކިޓެކްޓްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ 9 މެމްބަރުން ހިޔާފްލެޓްތަކަށް ޒިޔާރަތް ކުރުމަށް ފަހުގައެވެ.
ފްލެޓްތަކުގެ ޑިޒައިންގައި ހުރި ކަންބޮޑުވުންތައް ފާހަގަކޮށް އޭއޭއެމުން ބުނީ، ފްލެޓްތަކުގެ ކޮރިޑޯތަކުގެ ރެއިލިން ހުޅުމާލެ ޕްލޭނިން ގަވައިދާއި ގައިޑްލައިންތަކަށް ނުފެތޭ ކަމަށެވެ. އެގޮތުން ގާތްގަނޑަކަށް ދެ ފޫޓު އުސް ފާރުބުރިއެއްމަތީގައި ދެ ފޫޓު އުސް ދަގަނޑު ރެއިލިން އެއް ހަރުކޮށްފައިވާއިރު މި ފާރުބުރިއަށް ކުޑަކުއްޖަކަށް އެރޭ ގޮތަށް ހުރުމުން ރައްކާތެރި ނޫން ކަމަށް ބުނެފައިވެ އެވެ.
އަދި އެ ޓަވަރުތައް ހަދާފައި ހުރި ގޮތުން ތޮއްޖެހުން ބޮޑުވެ އިޖްތިމާއީ ބޮޑެތި މައްސަލަތަކެއް ނިކުމެދާނެ ކަމަށާއި، އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައި ނެތުމުން އެކަމުގެ ކަންބޮޑުވުންވެސް ފާހަގަކޮށްފައިވެ އެވެ.
"މިފަދަ މަތީ ޑެންސިޓީއެއްގައި އަގުހެޔޮ ސޯޝަލްހައުސިން އުސް އިމާރާތްތަކުގައި ހެދުމަކީ ދުނިޔޭގެ އެކި ތަންތަނުގައި 1960ގެ އަހަރުތަކުން ފެށިގެންވެސް ކުރެވެމުން އައި އެހެން ނަމަވެސް ގިނަ ފަހަރު ފެއިލްވެފައިވާ ކަމެކެވެ. ވީމާ މި ޕްރޮޖެކްޓަކީވެސް އެ އިމާރާތްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އިތުރު ތަކުލީފުތަކެއް އުފުލަންޖެހޭ ޕްރޮޖެކްޓަކަށްވުން އެކަށީގެންވެއެވެ. އަދި މިއީ ރަނގަޅު ޕްރޮޖެކްޓެއް އެކުލަވައިވުމަށް ގެއްލުނު ފުރުސަތެކެވެ."
އޭއޭއެމްއިން ނެރުނު ރިޕޯޓްގައި ފްލެޓްތަކުން އަރާފޭބުމުގައި ދަތިތައް ކުރިމަތިވާނެތީ އެކަމުގެ ކަންބޮޑުވުންވެސް ފާހަގަކޮށްފައެވެ. އެގޮތުން ޕީކް ވަގުތު ތަކުގައި ލިފްޓް ބޭނުންކުރުމަށް ދަތިވާނެކަން ފާހަގަކޮށްފައިވެ އެވެ. އަދި ލިފްޓުން ނުކުންނަ ލޮބީގައި ހުރި ސާވިސް ފޮށިތައް އަތުޖެހޭ ހިސާބުގައި ހުރިކަމަށާއި، މިކަމުގެ ސަބަބުން އެ ތަކެއްޗަށް ގެއްލުން ލިބުން އެކަށީގެންވާކަން ފާހަގަކޮށްފައިވެ އެވެ. އަދި ލޮބީގެ ތަނަވަސްކަން ނިސްބަތުން ކުޑަކަމަށް ވެސް އޭއޭއެމްގެ ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.
އެ އެސޯސިއޭޝަނުން ބުނީ، އިމާރާތުގައި އަލިފާނާއި ދުމުން ރައްކާތެރި ވެވޭ "ސެޕަރޭޝަން ޒޯން"ތައް ނެތްއިރު، ލިފްޓު ލޮބީގައި ވެސް ސެޕަރޭޝަނެއް ނެތް ކަމަށެވެ. އަދި ގިނަ ޔުނިޓްތަކުގައި ބޭރަށް ހުންނަ ކޮޓަރީގެ ހަމައެކަނި ކުޑަދޮރާއި ސިޓިންރޫމުގެ އެއް ކުޑަދޮރު ހުންނަނީ އާންމުން ހިނގަން އޮންނަ ކޮރިޑޯއަށްވާ ގޮތަށް ކަމަށްވާތީ އެއީ ސެކިއުރިޓީ އާއި ޕްރައިވަސީގެ މައްސަލައެއް ނިކުމެދާނެ ކަމެއް ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ރައީސް ޔާމިންގެ ސަރުކާރުން ހުޅުމާލެ ދެވަނަ ފިވަހީގައި އިމާރާތް ކުރި ހަތް ހާސް ފްލެޓް އޭގެ ހައްގުންވެރިންނަށް ބެހުމުގެ މަސައްކަތް ކުރުމަށް މިސަރުކާރުން ވަނީ ޚާއްޞަ ކޮމިޓީއެއް އެކުލަވާލާފައެވެ. ސަރުކާރަށް ދޮޅު އަހަރުވެގެންދިޔައިރުވެސް އެ ފްލެޓްތައް އޭގެ ހައްގުވެރިންނަށް އަދިވެސް ހަވާލު ނުކުރެވޭތީ ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.
މިސަރުކާރުންވެސް ފުރަތަމަ ދުވަހުން ފެށިގެން ރައީސުލްޖުމްހޫރިއްޔާއިން ފެށިގެން އެކި ފަންތީގެ އިސް ބޭބޭފުޅުން އަންނަނީ މި ފްލެޓްތަކަކީ އިންސާނުން ދިރިއުޅެން ކަމުދާ ތަންތަން ނޫން ކަމަށް ވިދާޅުވެ ފާޑު ވިދާޅުވަމުންނެވެ. އަދި ފްލެޓްތައް ކުދިވުމާއި ފެންވަރު ދަށްވުމާއި ލިފްޓް މަދުވުމާއި ތޮއްޖެހޭގޮތަށް އިމާރާތްތައް ހަދާފައި ހުރުމާއި އިމާރާތް ކުރަން ހޭދަކޮށްފައިވަނީ ވެސް މާބޮޑު އަގެއް ކަމަށް ބުނެ ފާޑުކިޔަމުންދާއިރު ގިނަ މީހުން ބުނަމުންދަނީ މާލޭގައި މިހާރު އެމީހުން ދިރިއުޅެން ޖެހިފައިވާ ހާލަތަށްވުރެ އެތަންތަން ރަނގަޅުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު