ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް 2.4 މިލިއަން ރުފިޔާ ޚަރަދުވި ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން މިއަދު ޢާންމުކުރި މައުލޫމާތުން ދައްކާގޮތުގައި މި ދަތުރުފުޅުގެ ދެކޮޅު ޓިކެޓަށް ޖުމުލަ 2،020،482.60 ރުފިޔާ ހަރަދު ކޮށްފައިވެއެވެ. ޕޮކެޓް މަނީގެ ގޮތުގައި 300،495 ރުފިޔާ ހަރަދުކޮށްފައިވާއިރު، ޗައިނާގައި ދިރިއުޅޭ ދިވެހިންނާއި ރައީސް ބައްދަލުކުރެއްވުމުގެ އިވެންޓް ހަރަދުގެ ގޮތުގައި 3،374.79 ރުފިޔާ ހަރަދު ކޮށްފައިވެއެވެ. އަދި ސިމްކާޑާއި ވީޕީއެން ހަރަދަށް 14،341.69 ރުފިޔާ ހަރަދު ކޮށްފައިވާއިރު އިންސިޑެންޓަލް ހަރަދުގެ ގޮތުގައި 89،419.85 ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް ރައީސް އޮފީހުން ޢާންމުކުރި މައުލޫމާތު ކަރުދާހުން ދައްކައެވެ.

ޖެނުއަރީ 7 ވަނަ ދުވަހުން 13 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއަށް ރައީސް ކުރެއްވި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންގޕިންގގެ ދައުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ. އެހެންކަމުން، މި ދަތުރުފުޅުގެ ވަފުދުގައި ހިމެނުނު ބޭފުޅުން ތިއްބެވުމާއި ފަރިއްކޮޅުގެ ހަރަދު ހަމަޖައްސާފައިވަނީ ޗައިނާ ސަރުކާރުން ކަމަށް ރައީސް އޮފީހުން މައުލޫމާތުދީފައި ވެއެވެ.

މި ދަތުރުފުޅަށް މުޅި ޖުމުލަ 2،428،113.93 ރުފިޔާ ހަރަދުކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން