މާލޭ ސިޓީ ކައުންސިލްގެ އިތުރު 3 މެންބަރަކު ވެރިކަންކުރާ ޕީއެންސީއަށް ސޮއިކޮށްފިއެވެ.

މިފަހަރު ޕީއެންސީއަށް ބަދަލުވި ތިން މެންބަރުންކަމަށްވާ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު އިބްރާހިމް އަބޫބަކުރާ، މާފަންނު ހުޅަނގު އުތުރު ދާއިރާގެ މުހައްމަދު އަރީޝް އަދި މައްޗަންގޮޅި ދެކުނު ދާއިރާގެ އާއިޝަތު ނާޒިމާގެ ފޯމް ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ގެކޮޅުކަމަށްވާ މ. ދިމްޔާތުގައި އެމަނިކުފާނާއެވެ.

މިއަދު ބަދަލުވި ކައުންސިލަރުންގެ ތެރެއިން އިބްރާހީމް އަބޫބަކުރަކީ ޕީޕީއެމްގައި ހުންނެވުމަށްފަހު ރައީސް ޔާމީން އުފައްދަވަން އުޅުއްވާ ޕީއެންއެފަށް ދާދިފަހުން ބަދަލުވި ބޭފުޅެކެވެ. ޕީއެންސީއަށް ދެން ސޮއިކުރި ނާޒިމާ މިހާތަނަށް ހުންނެވީ ޕީޕީއެމްގައެވެ. އަދި ކައުންސިލަރ މުޙައްމަދު އަރީޝް ކައުންސިލަށް ހޮވުނީ އެމްޑީޕީ ޓިކެޓުގައެވެ.

މިދިޔަ ހޯމަ ދުވަހު މާލެ ސިޓީ ކައުންސިލުގެ މެދު ހެންވޭރު ދާއިރާގެ ކައުންސިލަރު ކަމުގެ ހުވާ ކުރެއްވި އަހުމަދު ރިޝްވާން ވެސް ވަނީ، ހުވާކުރުމުގެ ރަސްމިއްޔާތުގެ ވަގުތުކޮޅެއްކުރިން ޕީއެންސީއާއި ގުޅިވަޑައިގެންފައެވެ. އޭނާ ވެސް ކައުންސިލަށް ހޮވުނީ އެމްޑީޕީ ޓިކެޓްގައެވެ.


ކިޔުންތެރިންގެ ހިޔާލު


0

ޢިޔަހޫދީ

28-Jan-2024

މިމީހުން ފެނިފަ ނަތަންޔާހޫ ވެސް ދުވެ ފިލާނެ..



ޓްރެންޑިން