ބްރިގޭޑިއާ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ (މ.)
ބްރިގޭޑިއާ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ (މ.)
ރާއްޖޭގެ އިމުގެ މައްސަލާގައި ކުރީގެ ބަންޑާރަނާއިބު ޑރ. މުޙައްމަދު މުނައްވަރު މަޤާމުގައި ހުންނަވައިގެން މަސްއޫލިއަތު އަދާކުރެއްވިކަމާމެދު ސްޓެލްކޯގެ ކުރީގެ ޗެއަރމަން ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް އިބްރާހިމް މުޙައްމަދު ދީދީ ސުވާލު އުފައްދަވައިފިއެވެ.

ދީދީ މިމޭރުމުން ވިދާޅުވެފައިވަނީ ރާއްޖެއަށް ގެއްލުނުކަމަށް ބުނާ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ކުރީގެ ބަންޑާރަ ނައިބު ޑރ. މުޙައްމަަދު މުނައްވަރުގެ ޤާނޫނީ ލަފާ ހޯދުމަށް މި ސަރުކާރުގެ ބަންޑާރަނައިބުގެ އޮފީހުން ނިންމުމާ ގުޅިގެންނެވެ.

ޑރ. މުނައްވަރުގެ ލަފާ ހޯދުމަށް މި ސަރުކާރުން ނިންމަވާފައިވާތީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އައްޑޫ ހިތަދޫ މެދު ދާއިރާ ތަމްސީލް ކުރެއްވި އިބްރާހިމް ދީދީ ވިދާޅުވީ ޑރ. މުނައްވަރުގެ ބަންޑާރަނާއިބު ކަމުގައި ރާއްޖޭގެ އިމުގެ މައްސަލަ ޙައްލުކުރުމަށް ކުރެއްވި މަސައްކަތްތައް ސާފުވާން ޖެހޭ ކަމަށެވެ.

“ޑރ. މުނައްވަރުގެ އޭޖީ ކަމުގައި ތި މައްސަލަ ޙައްލު ކުރަށްވައި ރާއްޖޭގެ ދެކުނުގެ އީއީޒެޑްގެ އިމުގެ މިންތައް އީއީޒެޑް ކޮމިޝަންގައި ރެޖިސްޓްރީ ނުކުރެއްވީ ކީއްވެތޯ؟” ޑީޑީ ސުވާލު އުފައްދަވާފައިވެއެވެ.



ބަންޑާރަނައިބުގެ އޮފީހުން އިއްޔެ ބުނެފައިވަނީ، ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ގެއްލުނު ބައި ހޯދުމަށް ކުރަމުންދާ މަސައްކަތުގައި ކަނޑުތަކާ ބެހޭ ޤާނޫނީ ދާއިރާގެ ޚަބީރެއްގެ ހައިސިއްޔަތުން ކުރީގެ ބަންޑާރަނައިބު ޑރ މުހައްމަދު މުނައްވަރުގެ ޤާނޫނީ ލަފާ ހޯއްދެވުމަށް ބަންޑާރަނައިބު ނިންމަވައި، އެ މަސައްކަތް ކޮށްދެއްވުމަށް ޑރ މުހައްމަދު މުނައްވަރު އެއްބަސްވެވަޑައިގެންފައިވާ ކަމަށެވެ.

އަދި ބައިނަލްއަޤްވާމީ ކަނޑުތަކާއި ބެހޭ ޓްރައިބިއުނަލް (އިޓްލޮސް) އިން ނިންމާފައިވާ ނިންމުން ދިރާސާކުރުމުގައި ޑރ. މުނައްވަރު މިހާރު މަސައްކަތް ފައްޓަވާފައިވާ ކަމަށް އޭޖީ އޮފީހުން މަޢުލޫމާތުދީފައި ވެއެވެ.

ޑރ. މުނައްވަރަކީ ކަނޑުތަކާއި ބެހޭ ޤާނޫނުގެ އިލްމުން ޑޮކްޓަރޭޓް ޑިގްރީއެއް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭގެއިތުރުން ޑރ. މުނައްވަރަކީ ޤާނޫނީ ދާއިރާއިން ފާހަގަކޮށްލެވޭ ތަޖުރިބާކާރު ބޭފުޅެއްކަން އޭޖީ އޮފީހުން ފާހަގަކުރިއެވެ.



ކިޔުންތެރިންގެ ހިޔާލު


-4

ޑީޑީ

28-Jan-2024

ކަނޑުގެ ސަރަހައްދު ނުހޯދައި އޮތީމާ ޑީޑީ މަޖިލީހުގައި އިންނަވައިގެން ކަނޑުގެ ސަރަހައްދު ހޯއްދަވަން ކުރެއްވީ ކޮން ކަމެއްތޯ?



ޓްރެންޑިން