ވ. ރަކީދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު ހޮވުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ކުރިއަށް ގެންދިޔަ އިންތިހާބު ވެރިކަންކުރާ ޕީއެންސީން ކާމިޔާބު ކޮށްފިއެވެ.
ޕީއެންސީގެ ފަރާތުން އެ ގޮނޑިއަށް ވާދަކުރީ ޢަބްދުއްރައްޒާޤް އާދަމެވެ. އޭނާއާއި ވާދަކޮށްފައި ވަނީ، އެމްޑީޕީގެ ކެންޑިޑޭޓް އާދަމް ސާމީއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ، މި އިންތިހާބުގައި ވޯޓު ލުމުގެ ހައްގު 281 ފަރާތަކަށް ލިބުނު ނަމަވެސް ވޯޓު ލާފައިވަނީ 184 މީހުން ކަމަށެވެ.
ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ޢަބްދުއްރައްޒާޤް އާދަމަށް 99 ވޯޓުވަނީ ލިބިފައެވެ. އަދި އާދަމް ސާމީއަށް ލިބިފައިވަނީ 81 ވޯޓެވެ. ބާތިލު ވޯޓުގެ ގޮތުގައި 4 ވޯޓު ގުނާފައިވެއެވެ.
މި ފަހުން ބާއްވާ މިފަދަ ބައިއިލެކްޝަންތައް ކާމިޔާބު ކުރަމުންދަނީ ވެރިކަންކުރާ ޕީއެންސީންކަން ފާހަގަކޮށްލެވެއެވެ.

މިއަދު ކުރިއަށްދިޔަ ވ.ރަކީދޫ ކައުންސިލްގެ މެންބަރު އިންތިޚާބު ކުރުމަށް ބޭއްވި ބައި-އިލެކްޝަނުގެ ވަގުތީ ނަތީޖާ pic.twitter.com/CR0CdyymaQ
— Elections Commission (@ElectionsMv) January 27, 2024
މި ފަހުން ބާއްވާ މިފަދަ ބައިއިލެކްޝަންތައް ކާމިޔާބު ކުރަމުންދަނީ ވެރިކަންކުރާ ޕީއެންސީންކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލު