މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޓިކެޓްގައި ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ޓިކެޓް ދިނުމަށް އެ ޕާޓީން ބާއްވާ ޕްރައިމަރީގައި ވޯޓުލެވޭ މީހުންގެ ދާއިމީ ލިސްޓް އާންމުކޮށްފިއެވެ.
އެ ޕާޓީން މިއަދު ބުނެފައިވަނީ، 3 ފެބްރުއަރީ 2023 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އެ އިންތިހާބުގައި ވޯޓު ލެވޭ މީހުންގެ ވަގުތީ ލިސްޓަށް ހުށަހެޅުނު ޝަކުވާތަކަށްބަލައި މިހާރުވަނީ ދާއިމީ ލިސްޓް އެކުލަވާލެވިފައި ކަމަށާއި ވޯޓުލުން ކުރިއަށްދާނީ އެ ލިސްޓަށް ކަމަށެވެ.
އެމްޑީޕީން ކުރިން އޮތީ ޕްރައިމަރީ މި މަހުގެ 26 ވަނަ ދުވަހާއި 27 ވަނަ ދުވަހު ބާއްވާ ގޮތަށެވެ. ނަމަވެސް ޕްރައިމަރީ ބޭއްވުމަށް ސްކޫލްތަކުގެ ހޯލުތައް ބޭނުންވާތީ ހޯލު ލިބޭ ގޮތަށް ބަލައިގެން ޕްރައިމަރީ ބާއްވާ ދުވަސް ވަނީ ފެބްރުއަރީ 3 ވަނަ ދުވަހަށް ބަދަލުކޮށްފައެވެ.
އެމްޑީޕީން އާންމުކުރި ޕްރައިމަރީ އޮންނަ ދާއިރާތަކުގެ ލިސްޓުގައިވާ ގޮތުން އެޕާޓީން ބާއްވާނީ 43 ދާއިރާގެ ޕްރައިމަރީއެވެ. ސަބަބަކީ، އެންމެ ކެންޑިޑޭޓަކު ކުރިމަތިލާފައިވުމުން 36 ދާއިރާއަކުން ޕްރައިމަރީއަކާ ނުލާ ކެންޑިޑޭޓުން ޔަގީންވެފައިވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު