މާލޭ ރައްޔިތުން ދިރިއުޅެމުންދަނީ ވަރަށް ނިކަމެތި ހާލުގައި ކަމަށާއި، ގެދޮރުނެތް ފަރާތްތަކަށް ގެދޮރުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަކީ ދައުލަތުގެ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން ވެސް ކުރަންޖެހޭ ކަމެއްކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ، ކުރިންވެސް ތަކުރާރުކޮށް އޭނާ ދައްކަވަމުންދާ އެއް ވާހަކައަކީ، މާލޭގެ ގެދޮރުގެ މައްސަލައިގެ ވާހަކަ ކަމަށެވެ.

އަދި އުތުރުތިލަފަޅު، ގުޅީފަޅު، ހުޅުމާލެ ފޭސް ތިނަކުން ގޯތިބޭނުންވެފައިތިބި ރައްޔިތުން ތިބީ އެތަންތަން ނިމޭނެ ދުވަހެއްގެ އިންތިޒާރުގައި ކަމަށާއި ރަސްމާލޭގެ މަޝްރޫއަށް އެންމެ އިސްކަމެއް ދިނުމުގެ ބަދަލުގައި އެ ތަންތަން ނިންމުމުގެ މަސައްކަތް އަވަސް ކުރުމަށް އާޒިމްވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

އާޒިމް ވިދާޅުވީ، މާލޭ ރައްޔިތުން ދިރިއުޅޭ ހާލު ވަރަށް ގާތުން އެނގިވަޑައިގަންނަވާ ކަމަށާއި، އާއިލާތަކާއިއެކު ބައެއްކުދިން ބޮޑެތިވަމުންދަނީ ކުދިކުދި ކޮޓަރިތަކެއްގައި ކަމަށާއި ހިޔާ ފުލެޓުގައި ވެސް އެ ކުދި ކޮޓަރިތަކުގައި އިތުރު ކޮޓަރި އަމިއްލައަށް ހަދައިގެން އުޅޭ އާއިލާތައް އެބަހުރިކަމަށެވެ.

އެކަމަކު މިއީ އާމްދަނީ ލިބޭ މުއްސަނދި ގައުމެއްކަމަށާއި، ގެދޮރުގެ މައްސަލައަކީ ހިތުހުރިހާ ދުވަހަކުން ކުރަން ލަސްކޮށްގެން ތިބެވެން އޮތް ކަމެއް ނޫންކަމަށް މޭޔަރު ވިދާޅުވި އެވެ. އަދި އިތުރު 20 އަހަރު ވަންދެން މި މައްސަލަތައް ހައްލުނުކޮށް ނުތިބެވޭނެކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން