މި ސަރުކާރުގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭން އެމްޑީޕީން ނިންމުމުން މިއަދު ހިންގި ކަންކަމާއި ގުޅިގެން އެމްޑީޕީގެ މަޖިލިސް މެންބަރުންގެ އާއިލާ މެންބަރުންނަށް މަރުގެ އިންޒާރު ދެމުންދާ ކަމަށްބުނެ އެ މައްސަލަ ފުލުހަށް ހުށަހަޅައިފިއެވެ.
އެމްޑީޕީގެ ސްޕޯކްސް ޕާސަން، އަނަސް ޢަބްދުއްސައްތާރު މިއަދު ވިދާޅުވީ، މޯބައިލް ނަންބަރަކުން ގުޅާ، އެމްޑީޕީގެ މަޖިލިސް މެންބަރުންނާއި އެ މެންބަރުންގެ އަނބިދަރިންގެ ފުރާނަ ދުއްވާލާނެކަމަށް ބުނެ އިންޒާރު ދެމުންދާކަމަށެވެ. އެހެންކަމުން އެކަން ފުލުހުންގެ ސަމާލުކަމަށް ގެނެވިފައިވާނޭ ކަމަށް އަނަސް ވަނީ ވިދާޅުވެފައެވެ.
މިއަދު ހިނގި ކަންކަމާއި ގުޅިގެން، މަޖިލީހުގެ މެންބަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން ބޭނުންވާކަމަށް ގޮވާލާ ވެސް އެމްޑީޕީން މިއަދުވަނީ ބަޔާނެއް ނެރެފައެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސަލަމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ސަލާމަތީ ހިދުމަތްތަކުގެ ޒިންމާއެއް ކަމަށާއި މެންބަރުންނަށް އިންޒާރުދީ ގްރީން ޒޯނުގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން މަޖިލީހުގެ ތެރެއަށް ގާ އުކާފައިވާއިރު ވެސް މެމްބަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަލާމަތީ ހިދުމަތްތަކުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ކަމަށް ބުނެ އެމްޑީޕީން ވަނީ އެކަން ކުށްވެރިކޮށްފައެވެ.
އެހެންކަމުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޒިންމާ އާއި މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރެވޭނެ މާހައުލެއް ގާއިމުކޮށްދިނުމަށް އެންމެހާ އިދާރާތަކަށް އެމްޑީޕީން ގޮވާލާފައި ވެއެވެ.

Mi numberun dhany MDPge Majlis memberunnah gulhaa e memberunnaai memberunge anbidharinge furaana dhuvvaalaane kamah bune inzaaru dhemun! @PoliceMvCP ge samaalu kamah mikan genessin. pic.twitter.com/MaaBA7f73K
— Anas Abdul Sattar (@anasabdulsattar) January 28, 2024
މިއަދު ހިނގި ކަންކަމާއި ގުޅިގެން، މަޖިލީހުގެ މެންބަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން ބޭނުންވާކަމަށް ގޮވާލާ ވެސް އެމްޑީޕީން މިއަދުވަނީ ބަޔާނެއް ނެރެފައެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސަލަމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަކީ ސަލާމަތީ ހިދުމަތްތަކުގެ ޒިންމާއެއް ކަމަށާއި މެންބަރުންނަށް އިންޒާރުދީ ގްރީން ޒޯނުގައި ކުރަމުންދާ މުޒާހަރާގެ ތެރެއިން މަޖިލީހުގެ ތެރެއަށް ގާ އުކާފައިވާއިރު ވެސް މެމްބަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަލާމަތީ ހިދުމަތްތަކުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ކަމަށް ބުނެ އެމްޑީޕީން ވަނީ އެކަން ކުށްވެރިކޮށްފައެވެ.
އެހެންކަމުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޒިންމާ އާއި މަސްއޫލިއްޔަތުތައް ފުރިހަމައަށް އަދާކުރެވޭނެ މާހައުލެއް ގާއިމުކޮށްދިނުމަށް އެންމެހާ އިދާރާތަކަށް އެމްޑީޕީން ގޮވާލާފައި ވެއެވެ.
ކިޔުންތެރިންގެ ހިޔާލު