ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވާ ޖަލްސާއަށް ތައްޔާރީތައް ވުމަށް މަޖިލީހުގެ އިދާރާއާއި ސަލާމަތީ ހިދުމަތްތަކާއެކު މަޝްވަރާތައް ފަށައިފިއެވެ.

ގާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ، ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވަވަންވާނެކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މީގެ ކުރިން ބުނެފައިވަނީ ރިޔާސީ ބަޔާން އިއްވެވުމަށް ބާއްވާ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.

އެހެންކަމުން އެ ދުވަހުގެ އިންތިޒާމުތައް ހަމަޖެއްސުމަށް ތައްޔާރީތައް ވަމުންދާކަމަށް މަޖިލީހުންވަނީ ބުނެފައެވެ.

މި ފަހަކަށް އައިސް ރިޔާސީ ބަޔާން އިއްވާ ޖަލްސާ ވެސް ވެފައިވަނީ ހަމަނުޖެހުން ބޮޑު ޖަލްސާއަކަށެވެ. ހާއްސަ ގޮތެއްގައި މިހާރު މަޖިލީހުގެ އޮއިވަރު ހުރިގޮތުން މި ފަހަރުގެ ރިޔާސީ ބަޔާން އިއްވުމަށް އެންމެ އެކަށޭނެ މާހައުލެއް ގާއިމުކުރުމަށް ގިނަ މަސައްކަތްތަކެއް މަޖިލީހުގެ އިދާރާއިން ކުރަންޖެހޭނެ ކަމަށް ބެލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން