ސަރުކާރުތަކުގެ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމާ ނުދިނުން އެއީ އެ މަޖިލީހަށް ލިބިފައި އޮންނަ ބާރެއްކަމަށާއި ޗެކްއެންޑް ބެލެންސް ހިނގާގޮތަކީ އެއީކަމަށް ގާނޫނީ ވަކީލް މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

މި ސަރުކާރުގެ ބައެއް ވަޒީރުންނަަށް ރުހުން ނުދޭން ނިންމި މައްސަލާގައި މަޖިލިސް ކުރިއަށް ގެންދިޔުމަށް ސަރުކާރަށް ނިސްބަތްވާ މެންބަރުން ހުރަސްއަޅަމުންދާ ދަނޑިވަޅެއްގައި، ޖަމީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، "ތިޔަ ތިއްބެވީ ސަރުކާރުގައި" ކަމަށާއި މުޒާހަރާކޮށް ގާނޫނާ ހިލާފު ވުމުގެ ބަދަލުގައި ދަސްކުރަންވީ ރީތި އަހުލާގު ކަމަށެވެ.

“އަމުދުން ސަރުކާރުގެ އިސްވެރިން ވާންޖެހޭނީ ކިޔަމަންތެރި ބަޔަކަށް. އިދިކޮޅުގައި ތިބޭގޮތަށް އުޅުމަކީ ޒިއްމާދާރުކަމެއް ނޫން.” ޖަމީލް ވިދާޅުވިއެވެ.

‏ޖަމީލް އިތުރަށް ވިދާޅުވީ، ވަޒީރުންނަށް ރުހުންދިނުމާއި ނުދިނުމަކީ މަޖިލީހުގެ ބާރެއް ކަމަށެވެ.

އަދި އެއީ ތިންބާރު ވަކިވެފައިވާ ރިޔާސީ ނިޒާމެެއްގެ ސިފަތައް ކަމަށާއި ޗެކް އެންޑް ބެލެންސް ހިނގާގޮތަކީ އެއީ ކަމަށް ޖަމީލު ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ، މަޖިލީހުން އަމަލުުކުރަނީ ދުސްތޫރީ ގޮތުން ރަނގަޅަށް ކަމަށާއި ނޭނގިގެން އުޅެނީ މިއަދު ސަރުކާރަށް ކަމަށެވެ.

‏ޖަމީލްވަނީ، ރ. ނަޝީދުގެ ވެރިކަމުގައި މަޖިލިސް ހަރަކާތްތެރިވި ގޮތް ހަނދާން އެބަހުރިތޯ ވެސް އަބްދުއްރަހީމް އާއި ސުވާލުކުރަައްވާފައެވެ.

މަޖިލީހުގެ ބޭރުގައި ހުންނަވާ ޢަބްދުއްރަހީމް ވިދާޅުވީ، ރުހުން ނުދިނަސް ސަރުކާރު ހުއްޓުމަކަށް ނުގެނެވޭނެ ކަމަށާއި މި ސަރުކާރު ބާރު ސްޕީޑުގައި ކުރިއަށްދާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން