އަދަދު ވީޑިއޯ ސްކްރީންޝޮޓް
އަދަދު ވީޑިއޯ ސްކްރީންޝޮޓް
ވަޒީރުންނަށް ރުހުންދިނުމުގެ މައްސަލައިގައި މަޖިލީސް ހޫނުވެ މިރޭވެސް ޖަލްސާ ކުރިއަށް ނުގެންދެވި ހުއްޓާލަން ނިންމުމާއިއެކު ސަރުކާރަށް ތާއީދުކުރާ މެންބަރުން ރައީސް އޮފީހަށް ވަޑައިގެންފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މެންބަރުން ރައީސް އޮފީހަށް ވަޑައިގެންނެވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާއި ބައްދަލު ކުރައްވާ އެކަމުގައި ދެން ކުރިއަށްދާންވީ ގޮތަކާމެދު މަޝްވަރާ ކުރުމަށެވެ.

މި ބައްދަލުވުމާއި ގުޅޭ އިތުރު ތަފުސީލެއް އަދި ލިބިފައެއް ނުވެއެވެ.

ބައެއް ވަޒީރުންނަށް ރުހުން ނުދޭން އެމްޑީޕީން ނިންމުމުން ސަރުކާރަށް ތާއީދުކުރާ މެންބަރުން މިއަދުވަނީ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދިޔަނުދީ އިހުތިޖާޖުކޮށް ހަޅޭއްލަވާ، ދުންމާރިފުމެ ހަދާފައެވެ. އަދި ހެނދުނު ފެށި މަޖިލީހުގެ ޖަލްސާ އެކިފަހަރުމަތިން މެދުކަނޑާލިއިރު، މިރޭ ވެސް އަލުން ފަށައިގެން ވޯޓާއި ހަމައަށް ގެންދެވޭތޯ ރިޔާސަތުން ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން