މި ސަރުކާރަކީ ރައީސް ޔާމިން ގެނެސްދެއްވި ސަރުކާރެއް ކަމަށާއި، ނަމަވެސް، ކުރީ ސަރުކާރުން ދިން ލުޔެއް ނޫނީ ލިބިވަޑައި ނުގެންނެވި ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން އަލަށް އުފައްދަވާ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ޕާޓީގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް ނުކުންނަން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކެންޑިޑޭޓުން ތައާރަފު ކުރުމަށް ބާއްވަމުން ގެންދާ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން އާދިއްތަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި، އުނގޫފާރު ދާއިރާއަށް ނުކުތުމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ، މިހާރު ރ.އަތޮޅު ކައުންސިލްގެ ރައީސް ހުސެއިން ނާސިފްއާ ރައީސް ޔާމީންގެ ފަރާތްޕުޅުން ވަނީ ސުވާލުތަކެއް އަމާޒުކުރައްވާފައެވެ.

އެގޮތުން އޭނާއާއި ސުވާލު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މިއީ ރައީސް ޔާމީން ގެނެސްދިން ސަރުކާރެއް ކަމަށާއި، އަދި މި ސަރުކާރަށް ތާއީދުވެސް ކުރައްވާ ކަމަށެވެ. ނަމަވެސް، ނިމިދިޔަ ސަރުކާރުން ބަންދަށް ދިން ލުޔެއްނޫނީ އަދި ލިބިވަޑައިގެންފައި ނެތްކަމަށް ވިދާޅުވެ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް އެމަނިކުފާނު ވީއްލައިދޭން ސަރުކާރަށް ކެރޭނެތޯ ވަނީ ސުވާލު ކުރައްވާފައެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވިއިރު، އެމަނިކުފާނުވަނީ އިތުރު ލުޔަށް އެދި ސަރުކާރުގައި މީގެ ކުރިން އެދިވަޑައިގެންފައިކަން ފާހަގަކޮށްލެވެއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް އިންތިހާބުވިތާ ޖެހިގެން އައި ދުވަހު ރައީސް މުޢިއްޒުގެ އެދިވަޑައިގެންނެވުމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ޖަލު ބަންދުން ރައީސް ޔާމީން ގޭބަންދަށް ބަދަލު ކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން