މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް
މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް
ވަޒީރުންނަށް ރުހުން ދިނުމުގެ ޖަލްސާ މިއަދު މެންދުރު 1 ޖަހާއިރު ބާއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހާމަކޮށްފިއެވެ.

މަޖިލީހުގެ އިދާރާއިން މިއަދު ބުނީ ކުރިން 11 ޖަހާއިރު ބާއްވަން ނިންމި ޖަލްސާ މިހާރު 1 ޖަހާއިރަށް ފަސްކޮށްފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 22 ވަޒީރުންނަށް ރުހުން ދިނުމަށް އިއްޔެ ބޭއްވި ޖަލްސާގައި އެކި ފަހަރުމަތިން ވޯޓު ނެގުމަށް މަސައްކަތް ކުރި ނަމަވެސް ވެރިކަންކުރާ ޕާޓީގެ މެންބަރުން އެކަމަށް ހުރަސް އެޅުމުން ވޯޓަށް އެހިފައެއް ނުވެއެވެ.

ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީން އެކުލަވާލި ރިޕޯޓްގައި އޮތީ ވަޒީރުންނަށް ރުހުން ދޭން ފާސްކޮށްފަ އެވެ. ނަމަވެސް ބައެއް ވަޒީރުންނަށް ރުހުން ނުދޭން އިދިކޮޅު އެމްޑީޕީއާއި ޑިމޮކްރެޓުން ވަނީ ނިންމައިފަ އެވެ.

އެކަމާގުޅިގެން ސަރުކާރާއި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ މެމްބަރުން ވަނީ ޒާތީކަން ނުބަހައްޓަވައި ޕްރޮފެޝަނަލް މިންގަނޑުގައި ހިފަހައްޓަވައި ވަޒީރުންނަށް ރުހުން ދޭން ގޮވާލައްވައިފަ އެވެ.

އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން އިއްޔެ ބޭއްވި ބައްދަލުވުމުގައި ރުހުން ނުދިނުމަށް ނިންމާފައިވާ ހަތަރު ވަޒީރުންނަކީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް ޢަލީ ސަޢީދާއި ބަންޑާރަ ނައިބު އަހުމަދު އުޝާމަށެވެ.

އެމްޑީޕީން މިގޮތަށް ނިންމާފައިވާއިރު ޑިމޮކްރެޓުންވެސް ވަނީ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރާއި އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް ޢަލީ ސަޢީދާއި ބަންޑާރަ ނައިބު އަހުމަދު އުޝާމާއި، ފޮރިން މިނިސްޓަރު މޫސާ ޒަމީރަށް ރުހުން ނުދިނުމަށް ނިންމާފައެވެ.

އިއްޔެ ޖަލްސާގައި ޕީއެންސީގެ މެންބަރުން މަޖިލީހުގެ ތަޅުން ހިސޯރުކޮށްފައިވާއިރު، މަޖިލީހުގެ ބޭރުގައިވެސް ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުންވަނީ އިހުތިޖާޖުކޮށްފައެވެ.

އަދި މަޖިލީހުގެ ބައެއް ތަކެއްޗަށް ގެއްލުންލިބި ބައެއް މެންބަރުންނަށް އަނިޔާވެސް ވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން