އިއްޔެ ރައްޔިތުންގެ މަޖިލީސް ހުއްޓުވީ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް އަލުން ކޮމިޓީތައް އެކުލަވާނުލާ، ކޮމިޓީ ބާއްވަން އުޅުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް، ރެޑްވޭވް ސަލީމު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ކެބިނެޓްގެ 22 މެންބަރުންނަށް ރުހުން ދިނުމުގެ މައްސަލަ ކުރިއަށްގެންދަން އިއްޔެ ބޭއްވި ޖަލްސާ ކުރިއަށްގެންދިޔަ ނުދިނުމުގެ ގޮތުން ޕީޕީއެމް-ޕީއެންސީގެ ކޯލިޝަން މެންބަރުންތަކެއް ވަނީ މަޖިލިސް ބަންދުކޮށް ޖަލްސާ ކުރިޔަށް ގެންދިޔަ ނުދީ ހަމަނުޖެހުން ހިންގާފައެވެ.

މީގެ ދުވަސްކޮޅެއް ކުރިން އެމްޑީޕީ ޕިޖީ ގްރޫޕްގެ 13 މެންބަރުން ވަނީ އެޕާޓީ ދޫކޮށް ޕީއެންސީއާއި ގުޅިވަޑައިގެންފައެވެ. އެހެންކަމުން މީގެ ކުރީގައިވެސް މަޖިލީހުން އަމަލުކުރާ އުސޫލާއި އެއްގޮތަށް އަލުން ކޮމެޓީތައް އެކުލަވާލަން ޖެހޭނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

"އެހެންނަމަވެސް އިއްޔެ ރައީސް (އަސްލަމް) މަސައްކަތްޕުޅު ކުރެއްވީ ކޮމެޓީތައް އެކުލަވައިނުލާ ހުރިހާ މެންބަރުން ކޮމެޓީން ބޭރުކޮށްފައި ކޮމެޓީތައް ބާއްވަން. އަނެއްކާ އިއްޔެގެ ވޯޓުގައި އޮތީ އެކަން ނިންމަން." ސަލީމް ވިދާޅުވިއެވެ.

އެހާ ގިނަ އަދަދެއްގެ މެންބަރުން އެމްޑީޕީ ދޫކޮށްފައިވުމުން ޕާޓީގެ ލީޑަރުންނާއި ބައްދަލުކޮށް ކޮމިޓީތަކަށް އަންނަންވީ ބަދަލާއި ގުޅޭގޮތުން މަޝްވަރާކުރުމުގެ ބަދަލުގައި މަޖިލީސް ރައީސް ސަރުކާރުގެ މެންބަރުން ކޮމެޓީތަކުން ބޭރުކޮށްފައިވާ ކަން ސަލީމް ފާހަގަކުރެއްވިއެވެ.

މީގެ އިތުރަށްވެސް، އިއްޔެ މަޖިލީސް ތެރޭގައި ހިނގި ހަމަނުޖެހުމުގައި ކަނޑިތީމު ދާއިރާގެ މެންބަރު ޢަބްދުﷲ ޝަހީމަށް އަނިޔާ ލިބިފައިވުމާއި ގުޅިގެން އޭނާއާއި ނުލާ ވޯޓު ކުރިއަށްގެންދަން ފެނިވަޑައިނުގަންނަވާތީ ރޭގެ ޖަލްސާއަށް ހުރަސް އަޅަން ޖެހުނީ ކަމަށް ސަލީމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން