ރައްޔިތުންގެ މަޖިލީހުން މިއަދު ފެނިގެންދިޔައީ ޑިމޮކްރެސީގެ އަސްލުތަކާއި ބީރައްޓެހި މަންޒަރެެއް ކަމުގައި ނައިބު ރައީސް ޙުސައިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނައިބު ރައީސް މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކެބިނެޓަށް ޢައްޔަންކުރެއްވި ބައެއް ވަޒީރުންނަށް ރުހުން ނުދޭން އެމްޑީޕީން ނިންމުމާއި ގުޅިގެންނެވެ. އެގޮތުން، މިއަދު މަޖިލީހުގައި ބޭއްވި ޖަލްސާއެއްގައި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ އިތުރުން ދަ ޑިމޮކްރެޓްސްގެ މެންބަރުންވެސް ވަނީ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ހައުސިންގ މިނިސްޓަރ ޑރ. ޢަލީ ހައިދަރާއި ބަންޑާރަ ނައިބު އަޙްމަދު އުޝާމަށް ރުހުން ނުދިނުމަށް ވޯޓު ދީފައެވެ.
"ރައްޔިތުންގެ މަޖިލީހުން މިއަދު ފެނިގެންދިޔައީ ޑިމޮކްރެސީގެ އަސްލުތަކާއި ބީރައްޓެހި މަންޒަރެއް. ވަޒީރުންނަށް ރުހުން ނުދެއްވުމަކީ، ރައްޔިތުންގެ ނިންމުމަށް، މުޠުލަގަށް ހުރަސްއެޅުން." ނާއިބު ރައީސް ވިދާޅުވެފައި ވެއެވެ.
ނައިބު ރައީސް ކުރެއްވި ޕޯސްޓުގައި މި ނިންމުން އަލުން މުރާޖާމަޢާކޮށް، އިސްލާހުކުރައްވާނެކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

ރައްޔިތުންގެ މަޖިލީހުން މިއަދު ފެނިގެންދިޔައީ ޑިމޮކްރެސީގެ އަސްލުތަކާއި ބީރައްޓެހި މަންޒަރެއް. ވަޒީރުންނަށް ރުހުން ނުދެއްވުމަކީ، ރައްޔިތުންގެ ނިންމުމަށް، މުޠުލަގަށް ހުރަސްއެޅުން. މި ނިންމުން އަލުން މުރާޖާކޮށް، އިސްލާހުކުރައްވާނެކަމަށް އުންމީދުކުރަން.
— Hussain Mohamed Latheef (@HucenSembe) January 29, 2024
"ރައްޔިތުންގެ މަޖިލީހުން މިއަދު ފެނިގެންދިޔައީ ޑިމޮކްރެސީގެ އަސްލުތަކާއި ބީރައްޓެހި މަންޒަރެއް. ވަޒީރުންނަށް ރުހުން ނުދެއްވުމަކީ، ރައްޔިތުންގެ ނިންމުމަށް، މުޠުލަގަށް ހުރަސްއެޅުން." ނާއިބު ރައީސް ވިދާޅުވެފައި ވެއެވެ.
ނައިބު ރައީސް ކުރެއްވި ޕޯސްޓުގައި މި ނިންމުން އަލުން މުރާޖާމަޢާކޮށް، އިސްލާހުކުރައްވާނެކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.
ކިޔުންތެރިންގެ ހިޔާލު