ސަރުކާރުގެ ބައެއް ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ނުދޭން ނިންމުމާއި ގުޅިގެން ރައީސް އޮފީހުގެ އަންޑަސެކްޓްރީ ފޮ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލު، ނުސީދާ ގޮތެއްގައި އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި ސަރުކާރުގެ 3 ވަޒީރަކަށް ރުހުން ނުދޭން ވަނީ ނިންމާފައެވެ. އެއާއި ގުޅިގެން ފިރުޒުލް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދައްކަން އޮތީ، ފަނާކުރަނިވި ފިކުރެއްގެ ވާހަކަ ކަމަށެވެ.
އެއީ ގައުމު ހަލަބޮލިކޮށް ހަމަޖެހުން ނަގާލައި މުއައްސަސާތައް ބަލިކަށިކޮށް ޤާނޫނުގެ ޙުކޫމަތު ގެއްލުވާލައި ޑިމޮކްރެޓިކް ހަމަތައް އޮޔާލައި ޚިދުމަތްތައް ވީރާނާކޮށް، ދީނީ ޝިޢާރުތަކުގެ އަގު ވައްޓާލައި މުޅި ސިޔާދަތު ނިކަމެތިކޮށް ރައްޔިތުން މަގުމަތި ކުރާ ފިކުރެއްކަމަށް ފިރުޒުލްވަނީ ވިދާޅުވެފައެވެ.
ފިރުޒުލްގެ ޕޯސްޓްގައިވަނީ، މިއަދު ރުހުން ނުދިން 3 ވަޒީރުންނަށް އެމްޑީޕީން ރުހުން ނުދިން ސަބަބުތައް ކަމަށް ވިދާޅުވެ ކަންތައްތަކެއް ފާހަގަ ކުރައްވާފައެވެ. އެގޮތުން އޭނާ ވިދާޅުވެފައިވަނީ، އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމަށް ނުރުހެޔޭ ބުނީ ދީނީ ޝިޢާރުތައް ވަރުގަދަކޮށް ދީނުގެ މުއައްސަސާތައް އޭގެ އެންމެ އުހަށް ބިނާކުރުމުގެ މަސައްކަތްކުރައްވާތީ ކަމަށެވެ.
އަދި ބަންޑާރަނައިބު އުޝާމަށް ނުރުހެޔޭ ބުނީ، ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަޙަތު ނަގަހައްޓައި އެކަންކަމުގެ ދިފާޢުގައި ވަކާލާތުކުރައްވާތީ ކަމަށާއި އަދި ދިވެހި ހުރިހާ ރައްޔިތުންގެ ނަމުގައި ފަލަސްތީނުގެ ދިފާޢުގައި ވަކާލާތުކުރުމުގެ ފުރުސަތު ނުދޭންކަމަށެވެ.
އަދި ހައުސިންގ މިނިސްޓަރ ޑރ. ހައިދަރަށް ނުރުހެޔޭ ބުނީ، އެންމެ ފަރަތަމަ ދުވަހުން ފަށައިގެން އެންމެ ބޭނުންޖެހިފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ވަށާޖެހޭ ހައްލެއް ގެނެސްދެއްވުމުގެ މަސައްކަތް ބާރަށް ކުރިއަށްގެންދަވާތީ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
ރައީސް ޑރ. މުޢިއްޒުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަން އެމްޑީޕީގެ ޕީޖީ ގުރޫޕުން މިއަދު ނިންމުމާއި ގުޅިގެން އެކަމަށް ވެސް ފިރުޒުލްވަނީ ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ރައީސް ޑރ. މުޢިއްޒަށް ނުރުހެނީ ދިވެހި ޤައުމު ދިވެހިންނަށް ހޯދައިދޭން ރެޔާއިދުވާލު ވަރުބަލިކަމެއް ނެތި މަސައްކަތްޕުޅު ކުރައްވާތީކަމަށެވެ.
"މިއަދުގެ ހަގީގަތަކީވެސް ހަމަ ފަނާކުރަނިވި ފިކުރެއްގެ ހަގީގަތެވެ." ފިރުޒުލްގެ ޕޯސްޓް ނިންމަވާލައްވަމުން ވިދާޅުވެފައިވެއެވެ.

ފަނާކުރަނިވި ފިކުރެއްގެ ވާހަކައެވެ. ގައުމު ހަލަބޮލިކޮށް ހަމަޖެހުން ނަގާލައި މުއައްސަސާތައް ބަލިކަށިކޮށް ޤާނޫނުގެ ޙުކޫމަތު ގެއްލުވާލައި ޑިމޮކްރެޓިކް ހަމަތައް އޮޔާލައި ޚިދުމަތްތައް ވީރާނާކޮށް، ދީނީ ޝިޢާރުތަކުގެ އަގު ވައްޓާލައި މުޅި ސިޔާދަތު ނިކަމެތިކޮށް ރައްޔިތުން…
— Mohamed Firuzul (@mFiruzul) January 29, 2024
އަދި ބަންޑާރަނައިބު އުޝާމަށް ނުރުހެޔޭ ބުނީ، ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަޙަތު ނަގަހައްޓައި އެކަންކަމުގެ ދިފާޢުގައި ވަކާލާތުކުރައްވާތީ ކަމަށާއި އަދި ދިވެހި ހުރިހާ ރައްޔިތުންގެ ނަމުގައި ފަލަސްތީނުގެ ދިފާޢުގައި ވަކާލާތުކުރުމުގެ ފުރުސަތު ނުދޭންކަމަށެވެ.
އަދި ހައުސިންގ މިނިސްޓަރ ޑރ. ހައިދަރަށް ނުރުހެޔޭ ބުނީ، އެންމެ ފަރަތަމަ ދުވަހުން ފަށައިގެން އެންމެ ބޭނުންޖެހިފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ވަށާޖެހޭ ހައްލެއް ގެނެސްދެއްވުމުގެ މަސައްކަތް ބާރަށް ކުރިއަށްގެންދަވާތީ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
ރައީސް ޑރ. މުޢިއްޒުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަން އެމްޑީޕީގެ ޕީޖީ ގުރޫޕުން މިއަދު ނިންމުމާއި ގުޅިގެން އެކަމަށް ވެސް ފިރުޒުލްވަނީ ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ރައީސް ޑރ. މުޢިއްޒަށް ނުރުހެނީ ދިވެހި ޤައުމު ދިވެހިންނަށް ހޯދައިދޭން ރެޔާއިދުވާލު ވަރުބަލިކަމެއް ނެތި މަސައްކަތްޕުޅު ކުރައްވާތީކަމަށެވެ.
"މިއަދުގެ ހަގީގަތަކީވެސް ހަމަ ފަނާކުރަނިވި ފިކުރެއްގެ ހަގީގަތެވެ." ފިރުޒުލްގެ ޕޯސްޓް ނިންމަވާލައްވަމުން ވިދާޅުވެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު