އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ގޮނޑި ފުރުއްވަމުން ގެންދަވާ މެންބަރު މުޙައްމަދު ޝިފާއު ވެރިކަންކުރާ ޕީއެންސީއަށް ބަދަލުވިކަމަށް ބުނެ ފަތުރާ ވާހަކަތައް އޭނާ ދޮގުކުރަށްވައިފިއެވެ.

ރާއްޖޭގެ ސިޔާސީ ދާއިރާގެ ބައެއްކަންކަން ވަކި ބަޔަކު ބޭނުންވާ ގޮތަށް ފަތުރައި މީހުންނާ ޒާތީ ގޮތުން ދިމާކުރުމުގައި މަޝްހޫރުކަން ހޯދާފައިވާ އެކްސްގެ ވަގު އެކައުންޓަކުން މިއަދު ވަނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަޒުލު ކުރުމަށް ގޮވާލުމަށްފަހު ރައީސް އަތުން ސިއްރުން ލާރި ނަގައިގެން ޝިފާއު ޕީއެންސީއަށް ބަދަލުވެއްޖެކަމަށް ބުނެފައެވެ.

އެއަށް ރައްދުދެއްވަމުން ޝިފާއު މިއަދު ވިދާޅުވީ، 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ހޮވުނީ އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ކަމަށާއި އިރާދަކުރެއްވިއްޔާ މަޖިލީހުގެ މި ދައުރު ނިންމާނީވެސް އެމްޑީޕީގައި ހުރެކަމަށެވެ.

އެހެން ޕާޓީއެއްގައި މަސައްކަތް ކުރުމުގެ ވިސްނުމެއް ނެތްކަމަށާއި އަދި އެހެން ޕާޓީއަކަށް ބަދަލުވެފައި ނުވާނެކަމަށް ވެސް ޝިފާއު ވަނީ ވިދާޅުވެފައެވެ.

ޕާޓީ ބަދަލު ކުރިކަމުގެ ތުހުމަތު ޝިފާއުއަށް ވެސް ކުރިމަތިކޮށްފައި މިވަނީ، ދާދިފަހުން އެމްޑީޕީގެ 15 ވަރަކަށް މަޖިލިސް މެންބަރުން ޕީއެންސީއާ ގުޅިފައިވަނިކޮށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން