ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނެރަލްކަމުގެ މަގާމު އަދާކުރެއްވުމަށްޓަކައި، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ގާނާއަށް ވަގުތީގޮތުން ދިރިއުޅުއްވުން ބަދަލުކުރައްވައިފިއެވެ.

މިކަމާއި ގުޅޭގޮތުން އެމަނިކުފާނު ވިދާޅުވީ، ގާނާގެ އަކްރާ ސިޓީއަށް ދިރިއުޅުއްވުން ބަދަލުކުރެއްވީ ސީވީއެފްގެ ސެކްރެޓޭރިއެޓް ހުންނަނީ އެގައުމުގައި ކަމަށް ވާތީ ކަމަށެވެ. އެހެންކަމުން އަހަރުތަކެއް ވަންދެން އެމަނިކުފާނު ދިރިއުޅުއްވަމުން ގެންދަވާނީ އެ ސިޓީގައި ކަމަށް ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނުގެ އާ ވަޒީފާއާއި ގުޅިގެން، އެ ފޯރަމްގެ މަގުސަދުތައް ހާސިލުކުރުމަށް ބޭނުންވާ އިންވެސްޓްމަންޓްތައް ލިބި، އެ މަސައްކަތްތައް ކުރެވޭނެކަމުގެ އުންމީދުގައި ހުންނެވިކަމަށް ވެސް ރައީސް ނަޝީދު މިއަދު ވަނީ ވިދާޅުވެފައެވެ.



ރައީސް ނަޝީދު ސިޔާސީ ކަންކަމާއި ވަގުތީގޮތުން ދުރަށްޖެހިވަޑައިގެންނެވިކަން އިއުލާނު ކުރެއްވި ނަމަވެސް، އަލުން އެ ދާއިރާއަށް އެނބުރި ވަޑައިގަންނަވާނެ ކަމެއް އެމަނިކުފާނު އަދި ހާމަކުރައްވާފައެއް ނުވެއެވެ. އައު މަގާމާއި ހަވާލުވެ ވަޑައިގެން ރައީސް ނަޝީދު ރާއްޖެ ދޫކުރައްވައި ވަޑައިގެންނެވީ އައު ކައިވެންޏެއްވެސް ބައްލަވައިގަނެގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން