ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓްގައި ވާދަކުރުމަށް ހުށަހެޅި ފަރާތްތަކުގެ މެދުގައި ބޭއްވި ޕްރައިމަރީ އިން ކާމިޔާބު ހޯދި ފަރާތްތަކާއި އެ ކޯލިޝަންގެ ލީޑަރު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައްދަލު ކުރައްވައިފިއެވެ.

މިރޭ ޕީއެންސީގެ މައި އޮފީހުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ގިނަ އަދަދެއްގެ ކެންޑިޑޭޓުން ބައިވެރިވެފައިވާއިރު، ރައީސްގެ އިތުރުން، ނާއިބުރައީސް ޙުސައިން މުޙައްމަދު ލަތީފާއި ޢަބްދުއްރަހީމް ޢަބްދުﷲ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޕީޕީއެމް އިން ބުނެފައިވަނީ، މި ބައްދަލުވުމުގައި ކުރިއަށް އޮތް މަޖިލިސް އިންތިހާބު ކާމިޔާބު ކުރުމާއި ގުޅޭގޮތުން މަޝްވަރާތައް ކުރައްވާފައިވާ ކަމަށެވެ.

ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި، 73 ދާއިރާއެއްގެ ޕްރައިމަރީގައި 227 ފޮށި ބަހައްޓާފައިވެއެވެ. އަދި ޕްރައިމަރީ ގައި ޖުމްލާ 71،597 މީހުންނަށް ވޯޓު ލުމުގެ ހައްގު ދީފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން