ފުވައްމުލައް ސިޓީގައި މިހާރު ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުނުވެ ގިނަ ދުވަސްވުމުގައި ފެނަކަ ކޯޕަރޭޝަންގެ އިހުމާލު އޮތްކަމަށް ގަބޫލުކުރައްވާކަމަށް ވިދާޅުވެ، އެ މައްސަލަ ބައްލަވައިދެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމެޓީއަށް ހުށައަޅައިފިއެވެ.

ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ދީދީ މިއަދު ހުށައެޅުއްވި މައްސަލާގައި ބުނެފައި ވަނީ މިދިޔަ ޑިސެންބަރު މަހުގެ މެދެއްހާ ހިސާބުގައި އެ ސިޓީއަށް ކަރަންޓް ދިނުމަށް ބޭނުން ކުރަމުންދިޔަ އެއް ޖެންސެޓަށް ދިމާވި މައްސަލައަކާއި ގުޅިގެން ހިދުމަތް ދެމުން އަންނަ ފެނަކަ ކޯޕަރޭޝަނުން ތާވަލެއް ހަދައިގެން އެކި ވަގުތުތަކުގައި ކަރަންޓްގެ ހިދުމަތް މެދުކަނޑަމުންދާ ކަމަށެވެ.

އަދި އެކަމުގެ ސަބަބުން ރައްޔިތުންނަށް ނުހަނު ބޮޑެތި ދަތިތަކާއި ކުރިމަތިވަމުން ދާކަމަށާއި، އަސާސީ ހިދުމަތަކަށް ހައްލެއް ނުހޯދި އެހާ ގިނަ ދުވަސް ވެގެން ދިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ވެސް ވަނީ ބުނެފައެވެ. އެގޮތުން، ޖެންސެޓަށް ދިމާވި މައްސަލަ ހައްލު ކުރުމަށް ދޮޅުމަސް ހޭދަވެއްޖެ ކަމަށާއި، ފެނަކައިގައި ޖެންސެޓު ހުރެ ވެސް އެކަމަށް ހައްލެއް ހޯދުން ލަސްވާތީ، އެކަމަކީ ފެނަކައިގެ އިހުމާލުން ދިމާވި ކަމެއް ކަމަށް ދެކިވަޑައިގަންނަވާތީ އެ މައްސަލަ ބައްލަވައިދެއްވުމަށް އޭނާގެ ސިޓީގައި ވަނީ އެދިވަޑައިގެންފައެވެ.

"ފުވައްމުލަކުގެ ރައްޔިތުންނަށް 24 ގަޑިއިރަށް ކަރަންޓު ޔަގީން ނުކޮށް ދެވުނު. ރައްޔިތުން ހޫނާއި އަނދިރީގައި ތިބެ އުފުލަމުންދާ ތަކުލީފުތަކުގެ ސަބަބަކީ ފެނަކައިގެ އިހުމާލު،" މެންބަރު ޙުސައިން މުޙައްމަދު ދީދީގެ ސިޓީގައި ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވެފައިވަނީ، ކަރަންޓް ހިދުމަތް ރަށުގެ އެކި ހިސާބުތަކުން މެދުކަނޑަން ފެށުމުގެ އެތައް ދުވަހެއް ކުރީން ވެސް ފެނަކަ ކުންފުންޏަށް ޖެންސެޓަށް މައްސަލަ ދިމާވެފައިވާކަން އެނގިތިބެ އަދި ފެނަކައިގެ ބެލުމުގެ ދަށުގައި ބޭނުންނުކުރާ ޖެންސެޓް ހުރެމެ މައްސަލަ ހައްލު ކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ފެނަކައިގެ މެނޭޖްމަންޓުން ކުރަމުންދާ ކަމަށް ފުވައްމުލަކުގެ ރައްޔިތުންނަށް ގަބޫލު ނުކުރައްވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން