ރައްޔިތުންގެ މަޖިލީސް މެންބަރުންނަށް މަރުގެ އިންޒާރު ދެމުންދާ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުންގެ މުއައްސަސާއިން ބުނެފިއެވެ.

ފުލުހުންގެ މުއައްސަސާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެ މުއައްސަސާގެ އެކްޓިން ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑް ޗީފް ސުޕްރިންޓެންޑެންޓް އަހްމަދު ނާފިޒު ވިދާޅުވީ ބައެއް މަޖިލީސް މެންބަރުންނަށް މަރުގެ އިންޒާރު ދީފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އެމްޑީޕީންނެވެ. އެމްޑީޕީން ބުނީ އެޕާޓީގެ ބައެއް މެންބަރުންނާއި އެމެންބަރުންގެ އާއިލާތަކަށް މަރުގެ އިންޒާރުދީފައިވާ ކަމަށެވެ.

މީގެ އިތުރަށްވެސް، ދާދި ފަހުން ވަޒީރުންނަށް ރުހުން ދިނުމަށް ބޭއްވި ޖަލްސާއެއްގައި މެންބަރުންގެ މެދުގައި ހިނގި މާރާމާރީގެ މައްސަލަވެސް ރައްޔިތުންގެ މަޖިލީހުން ފުލުހަށް ހުށަހަޅާފައިވާ ކަމަށްވެސް ފުލުހުން ހާމަކުރިއެވެ. އަދި އަނިޔާ ލިބުނު ބައެއް މެންބަރުންވެސް ފުލުހަށް މައްސަލަަ ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން