ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މައްޗަންގޮޅި އުތުރު ދާއިރާއަށް, ކުރީގެ މެންބަރު އަޙްމަދު ފާރިޝް މައުމޫން ވާދަކުރަށްވަން ނިންމަވައިފިއެވެ.
އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ވާދަކުރަށްވައި ބޮޑު ނާކާމިޔާބެއް ތަޖުރިބާ ކުރެއްވި ފާރިޝް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ, އޭނާ މަޖިލީހަށް ވާދަކުރުމަށް ނިންމެވީ ފާރިޝް ނިސްބަތްވާ މައްޗަންގޮޅި އުތުރު ދާއިރާގެ ރައްޔިތުންގެ ޙައްގުގައި، އަދި ދާއިރާގެ ކުރިއެރުމަށާއި ތަރައްޤީއަށް މަސައްކަތްކޮށް، ދިވެހި ޤައުމަށް ބޭނުންވެފައިވާ މުހިއްމު އިޞްލާޙުތައް ގެނައުމަށް މަސައްކަތް ކުރުމުގެ ނިޔަތުގައި ކަމަށެވެ.
އަދި ވާދަ ކުރައްވާނީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައިކަން ހާމަ ކުރައްވަމުން ފާރިޝް ވިދާޅުވީ, އޭގެ މައިގަނޑު ބޭނުމަކީ, ރައްޔިތުންނާ އޮންނަ ގުޅުން ނުކެނޑި، މެދުވެރިންނާއި އެހެން މަސްލަހަތު ތަކަށް ޖާގަ ނުދީ، ރައްޔިތުންގެ މަސައްކަތް ކުރެވޭނެ ގޮތަކީ އެއީކަމަށް ވާތީ ކަމަށެވެ.
18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ދިއްގަރު ދާއިރާގެ ގޮނޑި ފުރުއްވި ފާރިޝް މިހާރުވަނީ, 20 ވަނަ މަޖީލިސް ގޮނޑިއަށް ކުރިމަތިލުމަށް ޓަކައި، ފުލުހުންގެ ރެކޯޑްފަދަ ޤާނޫނު ލާޒިމްކުރާ ލިޔުންތައް ހޯދުމުގެ މަސައްކަތް ފަށާފައި ކަމަށްވެސް މިއަދުވަނީ ވިދާޅުވެފައެވެ.
ފާރިޝްއަކީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ މީސް މީޑިއާގައި ގިނަ ބައެއްގެ ތާއީދު ހޯއްދެވި ބޭފުޅެއްކަން ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު