ދިވެހި މަސްދޯންޏެއް..
ދިވެހި މަސްދޯންޏެއް..
ރާއްޖޭގެ އިގުތިސާދީ ހާއްސަ ސަރަހައްދުގައި އޮތް ރާއްޖޭގެ މަސް ދޯންޏެއްކަމަށްވާ އަސުރުމާ 3 އަށް ބޭރު ގައުމެއްގެ ސިފައިން އެރިކަމަށްބުނާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ, އެމްޑީޕީން ގޮވާލައިފިއެވެ.

އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ, ރާއްޖޭގެ އިގުތިސާދީ ހާއްސަ ސަރަހައްދުގައި ދިވެހި މަސްދޯންޏެއް އޮއްވާ އެއަށް ބޭރުގެ ގައުމެއްގެ ސިފައިން އަރައި ފަޅުވެރިންނާ ސުވާލުކޮށްފައިވާކަމަށް ބުނާ މައްސަލަ އަކީ އެ ޕާޓީން ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.

އަދި އެ މައްސަލައަކީ ދިވެހި ދައުލަތުގެ އެންމެ މަތީ މަސްލަހަތު ހިމެނޭ ސީރިއަސް މައްސަލައެއްގެ ގޮތުގައި ސަރުކާރުން ބެލުމަށް އެމްޑީޕީގެ ބަޔާނުގައި ވަނީ ގޮވާލާފައެވެ.

އަދި ރާއްޖޭގެ އަވައްޓެރި އިންޑިއާ އާއި ސްރީލަންކާގެ ސަރުކާރާ މި މައުލޫމާތު ވީ އެންމެ އަވަހަކަށް ހިއްސާކޮށް އެއިން ގައުމެއްގެ އަސްކަރިއްޔާ މި ކަމުގައި ޝާމިލުވޭތޯ ބެލުމަކީ ދައުލަތަށް ލާޒިމް ކަމެއްކަމަށް ވެސް ވަނީ ބުނެފައެވެ.

އެމްޑީޕީގެ ބަޔާނުގައި, ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ބެލެހެއްޓުމަކީ އެމްއެންޑީއެފްގެ ޒިންމާއަކަށްވާއިރު ރާއްޖޭގެ ކަނޑުގެ ސަރަހައްދަކީ ދިވެހި މަސްވެރިންނާ ދަތުރުވެރިންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާ ތަނަކަށް ހެދުމަށް ވެސް ގޮވާލާފައި ވެއެވެ.

އދ. މަހިބަދޫ އަސުރުމާ 3 އަށް އަރާފައިވަނީ އިންޑިއާގެ ސިފައިންކަމަށް އެ ދޯންޏާއި ހަވާލާދީ ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. ނަމަވެސް, އެމްއެންޑީއެފުން މިކަން ކަށަވަރު ކޮށްދީފައި އަދި ނުވާއިރު އެމްއެންޑީއެފުން ބުނެފައިވަނީ އެ މައްސަލަ ތަހުގީގު ކުރަމުންދާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން