ޕްރައިމަރީއަކާ ނުލައި އެމްޑީޕީގެ އިތުރު ތިން ކެންޑިޑޭޓަކަށް ކުރިއަށް އޮތް މަޖިލީސް އިންތިޚާބުގައި ވާދަކުރުމުގެ ޓިކެޓް ކަށަވަރު ވެއްޖެއެވެ.
އެމްޑީޕީން މިއަދު ބުނީ، ޕްރައިމަރީއަކާއިނުލާ ޓިކެޓް ލިބުނީ، ދިއްދޫ ދާއިރާގެ މިހާރުގެ ވެސް މެމްބަރު އަބްދުﷲ ވަހީދާއި ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފު އަދި މާފަންނު އުތުރު ދާއިރާއަށް ވާދަކުރައްވާ އިފްހާމް ހުސައިނަށް ކަމަށެވެ.
މިއަންނަ ހޮނިހިރު ދުވަހު އެމްޑީޕީގެ މަޖިލިސް ޕްރައިމަރީ ބާއްވާއިރު އެ ޕާޓީން ވަނީ ޕްރައިމަރީއަކާއި ނުލާ 40އަށް ވުރެ ގިނަ ދާއިރާއެއްގެ ޓިކެޓް އެކި ކެންޑިޑޭޓުންނަށް ދީފައެވެ. އޭގެ ތެރޭގައި މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގެ އެމްޑީޕީގެ ގިނަ މެންބަރުންނަށް ޕްރައިމަރީއަކާއި ނުލާ ޓިކެޓް ދީފައިވާކަން ފާހަގަކޮށްލެވެއެވެ.
ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި 104 ކެންޑިޑޭޓުން އެކި ދާއިރާތަކަށް ވާދަކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު