ފޮޓޯ: މަޖިލިސް
ފޮޓޯ: މަޖިލިސް
އިންޑިއާގެ ސިފައިން އަދި ވެރިކަންކުރާ މާލެއަށް ވެސް އަރާފާނެކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ އެމަނިކުފާނު ހިމެނިވަޑައިގަންނަވާ މޯލްޑިވްސް ޓޫރިޒަމް ކިޔާ ވަޓްސްއެޕް ގުރޫޕެއްގައެވެ. އެ ގުރޫޕްގެ ސްކްރީންޝޮޓްތަކެއް މިހާރު ދަނީ ދައުރުވަމުންނެވެ.

އެ ގުރޫޕްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ, ދެން އިންޑިއާ ސިފައިން އަރާނީ ހަމައެކަނި ދިވެހި މަސްބޯޓުތަކަށް އެކަންޏެއް ނޫން ކަމަށާއި އަދި މާލެއަށް ވެސް އެމީހުން އަރާފާނެ ކަމަށް ސަމާލުވެ ހޭލާ ތިބެންޖެހޭކަމަށެވެ.

އަދި އިންޑިއާގެ ކިބައިން ރާއްޖެއިން މައާފަށް އެދުމަށާއި އިންޑިއާ ފަސްޓްކަމަށް ރާއްޖެއިން ބުނުމަށް ވެސް ރައީސް ނަޝީދު ވަނީ ގޮވާލައްވާފައެވެ. އޭގެ އިތުރުން, ރާއްޖޭގެ އިގުތިސާދީ ސަރަހައްދުގެ ޖާސޫސް ކުރުމުގެ ބާރު ޗައިނާއަށް ނުދިނުމަށް ވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވާއިރު, ދާދިފަހުން ރާއްޖޭގެ މަސް ދޯންޏަކަށް އިންޑިއާ ސިފައިން އެރި މައްސަލައެއް ވަނީ ހޫނުވެފައެވެ. އަސުރުމާ 3 ނަމަކަށް ކިޔާ އެ މަސް ދޯންޏަށް އިންޑިއާ ސިފައިން އެރީ ރާއްޖޭގެ ސަރަހައްދުގައި އޮއްވާކަމަށްވާތީ އެކަން އެގޮތަށްކުރި ސަބަބު ހޯދުމަށް އިންޑިއާއަށް މިހާރު ސަރުކާރުންވަނީ އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން