އީސީގެ އޮފިޝަލުންތަކެއް
އީސީގެ އޮފިޝަލުންތަކެއް
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް މިހާތަނަށް އިލެކްޝަންސް ކޮމިޝަން، އީސީއަށް ލިބިފައިވަނީ ދެ ހުށަހެޅުން ކަމަށް އީސީގެ ނާއިބު ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އަންނަ މާޗު މަހުގެ 17 ވަނަ ދުވަހު އެވެ.

އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު އީސީގެ ނާއިބު ރައީސް އިސްމާޢީލް ޙަބީބު ރޭ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލިތާ 4 ދުވަސް ވެފައިވާއިރު މިހާތަނަށް ލިބިފައިވަނީ ދެ ހުށައެޅުމެއް ކަމަށެވެ.

"މިހާތަނަށް އީސީއަށް ލިބިފައިވަނީ ގަމު ދާއިރާ އަށާއި، ނިލަންދޫ ދާއިރާއަށް އަމިއްލަގޮތުން ކުރިމަތިލެއްވި ދެ ކެންޑިޑޭޓެއްގެ ދެ ހުށަހެޅުން." ޙަބީބު ވިދާޅުވިއެވެ.

ޙަބީބު ވިދާޅުވީ، މި ދެ ހުށަހެޅުންވެސް ބަލައިގަނެ، އެ ދެފަރާތަށް އިލެކްޝަންސް ކޮމިޝަނުން މިހާރުވަނީ ޖަވާބު އަރުވާފައި ކަމަށެވެ.

އިންތިޚާބުގައި ވާދަކުރެއްވުމަށް ހުށައަޅުއްވާ އެޕްލިކޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި ހުކުރު ދުވަސް ފިޔަވައި ކޮންމެދުވަހަކު ހެނދުނު 9:00 ން މެންދުރުފަހު 2:00 އަށް އަދި ހުކުރު ދުވަހު މެންދުރުފަހު 2:00 ން ހަވީރު 4:00 އަށް ކަމަށް އީސީން މަޢުލޫމާތުދެއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 93 ދާއިރާއަށް ވާދަކުރާ ކެންޑިޑޭޓުން ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ ފެބްރުއަރީ 14 ގެ 14:00 އަށެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ ޖުމުލަ އަދަދަކީ 284،327 އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން