ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ދަ ޑިމޮކްރެޓްސްގެ ޓިކެޓު މަޖިލިސް މެމްބަރު ހުސެއިން ފިރުޝާނާއި ކައުންސިލަރު މުހައްމަދު ސައިފް ފާތިހް ކަށަވަރު ކޮއްފި އެވެ.
މިއަދު ބޭއްވި ދަ ޑިމޮކްރެޓްސްގެ މަޖިލިސް ޕްރައިމަރީގައި ސައިފް ވާދަކޮއްފައިވަނީ އަހްމަދު އަސްވަން ނުއުމާނާ ދެކޮޅަށް، ހެންވޭރު ދެކުނު ދާއިރާއަށެވެ. އެގޮތުން ވޯޓުގެ ނަތީޖާއިން ސައިފަށް ލިބިފައިވަނީ 15 ވޯޓެވެ. އަދި ނުއުމާނަށް ލިބިފައިވަނީ 12 ވޯޓެވެ.
ދަ ޑިމޮކްރެޓުން ބުނެފައިވާ ގޮތުން މި ދާއިރާއަށް ޖުމްލަ 27 ފަރާތަކުން ވޯޓުލާފައިވާއިރު އޭގެ ތެރެއިން އެއްވެސް ވޯޓެއް ބާތިލު ނުވާ ކަމަށެވެ.
މީގެ އިތުރުން ފިރުޝާން ވާދަކޮށްފައިވަނީ ހަސަން އަގީލާއި މުހައްމަދް ފައިސަލްއާ ދެކޮޅަށް، ހުޅުމާލެ ދެކުނު ދާއިރާއަށެވެ. އެގޮތުން ފިރުޝާން 74 ވޯޓު ކާމިޔާބުކޮއްފައިވާ އިރު ހަސަން އަގީލަށް ލިބިފައިވަނީ 27 ވޯޓެވެ. އަދި މުހައްމަދް ފައިސަލަށް ލިބިފައިވަނީ 26 ވޯޓެވެ.
މި ދާއިރާއަށް 127 ފަރާތަކުން ވޯޓު ލާފައިވާއިރު އޭގެ ތެރޭގައި ބާތިލް ދެ ވޯޓު ހިމެނޭކަމަށްވެސް ޑިމޮކްރެޓްސްއިން ބުނެ އެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މާޗް 17 ގައެވެ. އެހެން ނަމަވެސް، އެއީ މިއަހަރުގެ ރަމަޟާން މަހުގެ ދުވަހެއް ކަމަށްވާތީ މި ތާރީޚު ބަދަލުކުރެވޭތޯ މަސައްކަތް ކުރުމަށް އެމްޑީޕީ ހިމެނޭހެން ގިނަ ސިޔާސީ ޕާޓީތަކުން ވަނީ އިލެކްޝަންސް ކޮމިޝަނާއި މަޝްވަރާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު