20 ވަނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ ފަރާތްތައް ހޮވުމަށް މިއަދު އެމްޑީޕީން ބޭއްވި އެ ޕާޓީގެ ޕްރައިމަރީއަށްފަހު، ޕްރައިމަރީގައި ވާދަކުރި ހުރިހާ ކެންޑިޑޭޓުން ވެސް ކުރިއަށް އޮތްތަނުގައި އެކުގައި މަސައްކަތް ކުރުމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ގޮވާލައްވައިފިއެވެ.

ޕްރައިމަރީގައި ކާމިޔާބު ހޯދި ފަރާތްތަކަށް މަރުހާބާ ވިދާޅުވެ ރައީސް ޞާލިޙް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުރިއަށް އޮތް މަޖިލިސް އިންތިހާބު އެމްޑީޕީން ކާމިޔާބު ކުރުމަށް، ޕްރައިމަރީގައި ވާދަކުރެއްވި ހުރިހާ ބޭފުޅުންވެސް އެކީގައި މަސައްކަތް ކުރުމަކީ ކޮންމެހެން ވެސް ބޭނުންތެރިކަމެއް ކަމަށެވެ.

އަދި މިއަދު ބޭއްވި ޕްރައިމަރީ އޮމާންކޮށް ރާވާ ކުރިއަށް ގެންދިޔުމުގައި ހަރަކާތްތެރިވި އެމްޑީޕީގެ ހުރިހާ މެންބަރުންނަށާއި ނުކުމެ ވޯޓު ދިން ހުރިހާ މެންބަރުންނަށް ވެސް ރައީސް ޞާލިޙް ވަނީ ޝުކުރު އަދާކުރައްވާފައެވެ.



ރައީސް ޞާލިޙް މިހެން ވިދާޅުވިއިރު، އިންތިހާބުގެ ކަންކަން ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް އެމަނިކުފާނު ވެސް ވަނީ ވޯޓުލާ ބައެއް މަރުކަޒުތަކަށް ޒިޔާރަތް ކުރައްވާފައެވެ. އަދި އެ ސަރަހައްދުގައި ހުންނަވާ ބައެއް މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި، މަޖިލިސް އިންތިހާބުގެ މެޖޯރިޓީ އެމްޑީޕީއަށް ކާމިޔާބުވާތަން ފެނިވަޑައިގަންނަވަމުން ދާކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން