މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީން މިއަދު ކުރިއަށް ގެންދިޔަ އެ ޕާޓީގެ އެތެރޭގެ ޕްރައިމަރީއަކީ ޑިމޮކްރަސީގެ ފުރިހަމަ ހަރަކާތެއްކަމަށް އެ ޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް މިއަދު ބޭއްވި ޕްރައިމަރީގައި، 40 ދާއިރާއަކުން ވަނީ ޕްރައިމަރީގެ ވޯޓު ނަގާފައެވެ. އެގޮތުން މި ދާއިރާތަކަށް ޖުމުލަ 149 ކެންޑިޑޭޓުން ވާދަކުރެއްވިއެވެ.
އިންތިހާބުގެ ނަތީޖާތައް މިހާރު އިއުލާނު ކުރަމުންދާއިރު، ފައްޔާޒު ވިދާޅުވީ، މިއަދު އެމްޑީޕީން ނިންމާލީ ޑިމޮކްރެޓިކް ފުރިހަމަ ހަރަކާތެއް ކަމަށާއި ޕްރައިމަރީގެ ކަންކަން ކުރިއަށް ދިޔައީ ވަރަށް ސުލްހަވެރިކަމާއެކު ކަމަށެވެ.
އަދި ޕްރައިމަރީ ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔުމަށް މަސައްކަތް ކޮށްދިން ޕާޓީގެ ހުރިހާ މެންބަރުންނަށް ޝުކުރު އަދާކުރައްވައި ޓިކެޓް ކަށަވަރު ކުރެއްވި ހުރިހާ މެންބަރުންނަށް ފައްޔާޒު ވަނީ މަރުހަބާ ދަންނަވާފައެވެ.
މިއަދު ބޭއްވި އިދިކޮޅު އެމްޑީޕީގެ އިންތިހާބަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާ ކުރިއަށްދިޔަ އިންތިހާބެކެވެ. ނަމަވެސް، އާންމު ގޮތެއްގައި އެމްޑީޕީގެ ޕްރައިމަރީތަކަށްވުރެ މި ފަހަރުގެ ޕްރައިމަރީގައި ވޯޓުލުމަށް ނުކުތް މީހުންގެ އަދަދު ބޮޑުތަނުން ދަށްކަން ފާހަގަކޮށްލެވެއެވެ.

ޑިމޮކްރެޓިކް ފުރިހަމަ ހަރަކާތެއް މިއަދު އެމްޑީޕީއިން މިނިންމާލީ ވަރަށް ސުލްހަވެރިކޮށް. މި ޕްރައިމަރީ ކާމިޔާބުކަމާ
— Fayyaz Ismail (@faya_i) February 3, 2024
އެކީ ކުރިއަށް ގެންގޮސް މަސައްކަތްކޮއްދެއްވި ޕާޓީގެ އެންމެހާ މެންބަރުންނަށް ޝުކުރުދަންނަވަން. ޕާޓީގެ ޓިކެޓު ކާމިޔާބުކުރެއްވި ހުރިހާ ކެނޑިޑޭޓުންނަށް މަރުހަބާ!
މިއަދު ބޭއްވި އިދިކޮޅު އެމްޑީޕީގެ އިންތިހާބަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާ ކުރިއަށްދިޔަ އިންތިހާބެކެވެ. ނަމަވެސް، އާންމު ގޮތެއްގައި އެމްޑީޕީގެ ޕްރައިމަރީތަކަށްވުރެ މި ފަހަރުގެ ޕްރައިމަރީގައި ވޯޓުލުމަށް ނުކުތް މީހުންގެ އަދަދު ބޮޑުތަނުން ދަށްކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ހިޔާލު