20 ވަނަ ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ ފަރާތްތައް ހޮވުމަށް މިއަދު ބޭއްވި އެ ޕާޓީގެ އެތެރޭގެ ޕްރައިމަރީ އިން މިހާރުވެސް މެންބަރުކަން ކުރައްވާ ގިނަ މެންބަރުންތަކެއް ޓިކެޓް ކަށަވަރު ކުރައްވައިފިއެވެ.

މިހާތަނަށް އާންމުކުރި ނަތީޖާއަށް ބަލާއިރު، ޕްރައިމަރީ ކާމިޔާބު ކުރެއްވި މިހާރުގެ ވެސް މެންބަރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަކީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު، ބިލެއްދޫ ދާއިރާގެ މެންބަރު އަހްމަދު ހަލީމް، ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އަބްދުﷲ ޝަފީގް، ކިނބިދޫ ދާއިރާގެ މެންބަރު އަހްމަދު ނާޝިޒް، އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ، އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު، މަނަދޫ ދާއިރާގެ މެންބަރު އަހުމަދު ހާރޫން އަދި ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސައިންއެވެ.

ޕްރައިމަރީ އިން މި މެންބަރުންނަށް ޓިކެޓް ކަށަވަރުވީއިރު، ޕްރައިމަރީއަކާ ނުލާވެސް ބައެއް މެންބަރުންނަށް ވަނީ ޓިކެޓް ކަށަވަރު ވެފައެވެ. އެންމެ ކެންޑިޑޭޓަކު ކުރިމަތިލި ދާއިރާތަކަށް ޕްރައިމަރީއަކާ ނުލައި ޖުމުލަ 46 ފަރާތަކަށް ޓިކެޓް ލިބުންކަން އެމްޑީޕީން މީގެކުރިން ވަނީ ހާމަކޮށްފައެވެ.

މި ޕްރައިމަރީގައި، އެންމެ ފާހަގަކޮށްލެވުނު އަނެއްކަމަކީ، ރައްޔިތުންގެ މަޖިލީހުގައި ގިނަ ދުވަސްތަކެއްވަންދެން މަސައްކަތް ކުރައްވާފައިވާ އައްޑޫ މީދޫ ދާއިރާގެ މިހާރުގެ މެންބަރު ރޮޒޭނާ އާދަމާއި، ކެލާ ދާއިރާގެ މިހާރުގެ މެންބަރު އިބްރާހީމް ޝަރީފަށް ޓިކެޓް ކަށަވަރު ނުކުރެވުނުކަމެވެ.

މިއަދު ބޭއްވި އިންތިހާބުގައި ޖުމުލަ 40 ދާއިރާއަކުން ޕްރައިމަރީ ބާއްވާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން