ނަލަހިޔާ ހޮޓެލްގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެ އިމާރާތުން ދުން އަރާތީ ދުން ބޭރު ކުރުމުގެ މަސައްކަތް ފަޔަރފައިޓަރުން ކުރަމުންދާކަމަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާވިސްއިން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ ނަލަހިޔާ ހޮޓަލުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރިޕޯޓްކޮށްފައިވަނީ މިއަދު އިރުއޮއްސުނުހާއިރު ކަމަށެވެ. އަދި ހާދިސާގެ ރިޕޯޓު ލިބުމުން އެ ތަނަށް ފަޔަރފައިޓަރުންގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކުރިކަމަށާއި، މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެމްއެންޑީއެފުން ބުނީ، މިހާރު ފަޔާ ފައިޓަރުން އަންނަނީ އެ އިމާރާތުން ދުން ބޭރުކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

ނަމަވެސް، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ.

ނަލަހިޔާ ހޮޓަލުން ދުން ބޭރުވާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން މިރޭ ވަނީ އެ ސަރަހައްދުގައި އުޅޭ މީހުން ސަމާލުވާން އަންގައިފައެވެ. އެގޮތުން ކޮންމެހެން ބޭރަށް ދާންޖެހިގެން ނޫނީ ނުދިއުމަށާއި ގޭގެ ކުޑަދޮރުތައް ރަނގަޅަށް ބަންދުކޮށްފައި ބެހެއްޓުން އަދި ބޭރަށް ނުކުންނައިރު އަނގައާއި ނޭފަތް ނިވާކުރަން އިލްތިމާސްކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން