ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވޯޓުފޮށި ބަހައްޓާ ރިސޯޓްތަކުގެ ލިސްޓުގައި އިތުރު ރިސޯޓްތަކެއް ހިމަނަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އެ ކޮމިޝަނުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މި އިންތިހާބުގައި ރިސޯޓްތަކުގައި މަސައްކަތް ކުރާ މީހުން ވޯޓުލުމަށް ކުރިން 37 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަން ނިންމާފައިވީނަމަވެސް، އިތުރު ރިސޯޓްތަކެއްގައި ފޮށި ބަހައްޓަން މިހާރު ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ.

އެގޮތުން، އިތުރު 7 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާކަން އިލެކްޝަނުން ވަނީ ހާމަކޮށްފައެވެ.

ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާ ރިސޯޓުތަކުގެ ލިސްޓަށް އިތުރު ކޮށްފައިވާ ރިސޯޓްތަކަކީ، ބަނޑޮސް މޯލްޑިވްސް، ފިހާޅޮހި އައިލެންޑް ރިސޯޓު، ދިގަލި މޯލްޑިވްސް، މެދުފުށި އައިލެންޑް ރިސޯޓު، މިލައިދޫ އައިލެންޑް މޯލްޑިވްސް އަދި ނޯވާ މޯލްޑިވްސްއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު މި އަހަރުގެ ރަމަޟާން މަހުގެ ތެރޭގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވީނަމަވެސް، އެ ދުވަސް ރަމަޟާން މަސް ނޫން ދުވަހަކަށް ބަދަލު ކުރުމަށް އިދިކޮޅު ޕާޓީތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން