ތިން ޤައުމަކަށް ކަނޑައަޅާ ސަފީރުންނަށް ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވައިފިއެވެ.
އެގޮތުން ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާ ސަފީރު ކަމަށް މއ. ތުޅާގިރި މަސްއޫދު އިމާދު އައްޔަން ކުރެއްވުމަށް ފޮނުއްވެވިއިރު، މެލޭޝިއާގެ ސަފީރު ކަމަށް މ. ރުށްފުށި ޑރ. މަރިޔަމް ޝަބީނާ އަހުމަދު އައްޔަން ކުރެއްވުމަށް ރައީސް ވަނީ ހުށައަޅުއްވާފައެވެ.
އޭގެ އިތުރުން ބެލްޖިއަމް އަދި ވިލާތުގެ އިއްތިހާދަށް ކަނޑައަޅާ ސަފީރު ކަމަށް މ. ގީލާވިލާ، ގީލާ އަލީ އައްޔަނުކުރެއްވުމަށް ރައީސްގެ ހުށައެޅުއްވުމުގައިވެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ނަންފުޅުތައް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއްވަވާފައެވެ.
އަދި އެ ނަންތައް ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ފޮނުއްވާފައިވަނީ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމެޓީއަށެވެ.

ކިޔުންތެރިންގެ ހިޔާލު