މަޖިލީހުން ރުހުން ނުދެއްވި 3 ވަޒީރުން
މަޖިލީހުން ރުހުން ނުދެއްވި 3 ވަޒީރުން
ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުންނަށް ރުހުން ހޯދުމަށް އަނެއްކާވެސް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފިއެވެ.

މިދިޔަ ޖެނުއަރީ 29، ގައި ބޭއްވި މަޖިލީހުގެ ޖަލްސާގައި މެންބަރުންގެ އަޣުލަބިއްޔަތު ރުހުން ނުލިބުނު ތިން ވަޒީރުންނަކީ ބަންޑާރަނައިބު އަހުމަދު އުޝާމާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ.

ރައްޔިތުންގެ މަޖިލީހުން ރުހުން ނުލިބުނު 3 ވަޒީރުން، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ހަމަ އެ ދުވަހު ހަވީރުގެ ވަގުތެއްގައި އަލުން މަގާމަށް އައްޔަންކުރައްވައިފަ އެވެ.

މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުން އަލުން ވަޒީރުކަމަށް އައްޔަންކޮށް ރުހުން ހޯދަން މަޖިލީހަށް ފޮނުވުމަކީ މަޖިލީހުގެ ބާރު ކަނޑުވާލުން ކަމަށާއި، އެއީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށް ބުނެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ ވަނީ މަޖިލީހަށް ގަރާރެއްވެސް ހުށަހަޅާފައެވެ.

ވަޒީރުންނަށް ރުހުން ހޯދުމަށް މަޖިލީހުގައި ނެގި ވޯޓުގައި، އުޝާމަށް ރުހުން ނުދޭން މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވި 64 މެމްބަރުންގެ ތެރެއިން 44 މެމްބަރުން އެގޮތަށް ވޯޓު ދެއްވައިގެންނެވެ. އޭނާއަށް ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވީ 24 މެމްބަރުންނެވެ.

ޑރ. ޝަހީމަށް ރުހުން ދޭން ނުފެންނަ ކަމަށް، 31 މެމްބަރަކު ވޯޓު ދެއްވިއިރު އޭނާއަށް ރުހުން ދޭން ނުފެންނަ ކަމަށް، 30 މެމްބަރަކު ވޯޓު ދެއްވި އެވެ. ވަކިކޮޅަކަށް ވޯޓު ނުދެއްވައި އަށް މެމްބަރަކު ތިއްބެވި އެވެ.

ހައިދަރަށް ރުހުން ދޭން ނުފެންނަ ކަމަށް 46 މެމްބަރަކު ވޯޓު ދެއްވިއިރު އޭނާއަށް ރުހުން ދޭން ނުފެންނަ ކަމަށް 24 މެމްބަރަކު ވޯޓު ދެއްވިއެވެ.

ދައުރުން ބޭރުން މިދިޔަ ޖެނުއަރީ މަހުގެ 29 ގައި ބޭއްވި ޖަލްސާގައި ރުހުން ދީފައި ވަނީ ރައީސް ޑރ. މުއިއްޒުގެ ކެބިނެޓުގައި ހިމެނޭ 22 މިނިސްޓަރުންގެ ތެރެއިން 19 ބޭފުޅަކަށެވެ.

ގާނޫނުއަސާސީގެ 129 ވަނަ މާއްދާގައި ބުނަނީ ކެބިނެޓް އައްޔަން ކުރުމަށް ފަހު ހަތް ދުވަސް ތެރޭގައި މަޖިލީހަށް ފޮނުވަން ޖެހޭ ކަމަށެވެ. ވަޒީރަކަށް ރުހުން ނުދީފި ނަމަ ވާނެގޮތެއް ގާނޫނުއަސާސީގައި އަދި ގާނޫނެއްގައި ވެސް ބަޔާންކޮށްފައި ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން