ހުޅުމާލޭ ދާއިރާގެ މެންބަރު ޢަލީ ނިޔާޒް
ހުޅުމާލޭ ދާއިރާގެ މެންބަރު ޢަލީ ނިޔާޒް
އޭސީސީން މިހާރު އަދާކުރަނީ ސަރުކާރުގެ ވުޒާރާއެއްގެ މެންޑޭޓުގައިވާ މަސައްކަތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލޭ ދާއިރާގެ މެންބަރު ޢަލީ ނިޔާޒް ވިދާޅުވެއްޖެއެވެ.

ޢަލީ ނިޔާޒް މިމޭރުމުން ވިދާޅުވީ، ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބިފައިވާ ފަރާތްތަަކަށް ވީހާވެސް އަަވަހަކަށް ފްލެޓް ހަވާލުކުރަން ގޮވާލައި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ މިއަދު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައެވެ.

މައްސަލައިގެ ބަހުސްގައި ޢަލީ ނިޔާޒް ވިދާޅުވީ، އޭސީސީން މިހާރު އަދާކުރަމުންދަނީ ސަރުކާރު ވުޒާރާއެއްގެ މެންޑޭޓުގައިވާ މަސައްކަތް ކަމަށާއި، ފްލެޓް ލިބުނު ފަސްދޮޅަސް އިންސައްތަ މީހުން ޝަރުތު ހަމަނުވާކަމަށް އޭސީސީން ބުނާއިރު، ހަމަނުވަނީ ކޮން ޝަރުތެއްކަން ބުނެ ނުދެވޭ ކަމަށެވެ. އެހެންކަމުން މި މައްސަލާގައި އޭސީސީގެ ނިޔަތާމެދު ޢަލީ ނިޔާޒް ވަނީ ސުވާލު އުފައްދަވާފައެވެ.

ޢަލީ ނިޔާޒް މިއަދު ވިދާޅުވީ، މިމައްސަލައިގައި އޭސީސީން ހައުސިން މިނިސްޓްރިއަށް ފުރަތަމަ ދީފައިވަނީ ސިއްރު ލަފައެއް ކަމަށާއި، ނަމަވެސް ފަހުން ނޫސްވެރިންގެ ބައްދަލުވުމަކުން ހާމަކުރި ކަންތައްތަކުގެ ފަހަތުގައި ފޮރުވިފައި އޮތް ކަމެއް ނޭނގޭ ކަމަށެވެ. އެހެންކަމުން އެކަން ސާފުކުރުމަކީ ކޮންމެހެން ބޭނުންކަމެއް ކަމަށް ޢަލީ ނިޔާޒް މިއަދު ވިދާޅުވިއެވެ.

ޢަލީ ނިޔާޒް މިމޭރުމުން ވިދާޅުވެފައިވާއިރު، އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނެފައިވަނީ، ކުރީ ސަރުކާރުން ޢާއްމުކުރި 4000 މީހުންގެ ފްލެޓް ލިސްޓުގެ 60 އިންސައްތައަކީ ފްލެޓް ލިބުމަށް ޝަރުތު ހަމަނުވާ މީހުން ކަމަށެވެ. އެހެންކަމުން ފްލެޓްތައް ނާއިންސާފުން ދޫކުރީ ނާޖާއިޒު ފައިދާއެއް ހޯދަންތޯ ބެލުމަށް ޖިނާއީ ތަހުގީގެއް ހިންގާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު


3

ޒިޔާދު

19-Feb-2024

އަވަސްކުރޭ ބަލަންވާނެ ބެލުމަކީ ރަގަޅުސިފައެއް



ޓްރެންޑިން