އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް އިޞްލާޙު ގެނައުމަށް ހޮއްވެވި 5 މެންބަރުންގެ ވަގުތީ ކޮމިޓީ
އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް އިޞްލާޙު ގެނައުމަށް ހޮއްވެވި 5 މެންބަރުންގެ ވަގުތީ ކޮމިޓީ
ރަމަޟާން މަހު އިންތިޚާބުތައް ނުބޭއްވޭ ގޮތަށް އިންތިހާބުތަކާ ބެހޭ ގާނޫނަށް އިދިކޮޅު އެމްޑީޕީން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ ވަގުތީ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވަން އީސީން އިއުލާނުކޮށްފައިވަނީ މާޗު މަހުގެ 17 އެވެ. އެ ދުވަސް ދިމާވަނީ ރަމަޟާންމަހުގެ ފުރަތަމަ ހަފްތާއަށެވެ.

އެހެންކަމުން އެމްޑީޕީގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އިންތިޚާބުތަކާބެހޭ ޤާނޫނަށް ހުށަހެޅުއްވި އިސްލާހުގައި ވަނީ، ރަމަޟާންމަހު އެއްވެސް އިންތިޚާބެއް ކުރިއަށް ނުގެންދިއުމަށާއި، ރަމަޟާން މަސް ނިމި 10 ދުވަސް ފަހުން އިންތިޚާބުތައް ބޭއްވޭ ގޮތަށް އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމަށެވެ.

މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ރަމަޟާން މަސް ނިމި، 10 ދުވަސް ފަހުން އިންތިޚާބު ބޭއްވޭ ގޮތަށް ގާނޫނަށް އިސްލާހު ގެންނަން ވަނީ ފާސްކޮށްފައެވެ. އެގޮތަށް ފާސްކޮށްފައިވަނީ ކޮމިޓީގައި ބައިވެރިވެވަޑައިގެން މެންބަރުންގެ އިއްތިފާގުންނެވެ.

ކޮމިޓީން އެގޮތަށް ފާސްކޮށްފައިވަނީ އިލެކްޝަންސް ކޮމިޝަނުންވެސް ހުށަހަޅާފައިވާ ބައެއް އިސްލާޙުތަކާ އެކުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން