މޫސާ އިނާސް، ލ. ގަން ތުނޑި، ކަޅައިދޫ ފިހިޔާގެ އާއި އަބްދުއްލަތީފް އިބްރާހީމް، ލ. ގަން ތުނޑި، ލަވްސައިޑް
މޫސާ އިނާސް، ލ. ގަން ތުނޑި، ކަޅައިދޫ ފިހިޔާގެ އާއި އަބްދުއްލަތީފް އިބްރާހީމް، ލ. ގަން ތުނޑި، ލަވްސައިޑް
ލ. ގަން، ތުނޑި ބަނދަރު ސަރަހައްދުގައި އޮތް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ލޯންޗެއްގައި އަލިފާން ރޯކޮށްލި މައްސަލައާ ގުޅިގެން ދެ މީހެއްގެ މައްޗަށް ޓެރަރިޒަމް ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.

ޕީޖީ އޮފީހުން ބުނީ މިއަހަރުގެ މާރިޗް 22 ގައި ލ. ގަން، ތުނޑި ބަނދަރު ސަރަހައްދުގައި އޮތް ފުލުހުންގެ ލޯންޗެއްގައި އަލިފާން ރޯކޮށްލި މިމައްސަލާގައި ޓެރަރިޒަމްގެ ދައުވާ ކޮށްފައިވަނީ، މޫސާ އިނާސް، ލ. ގަން ތުނޑި، ކަޅައިދޫ ފިހިޔާގެ އާއި އަބްދުއްލަތީފް އިބްރާހީމް، ލ. ގަން ތުނޑި، ލަވްސައިޑްގެ މައްޗަށް ކަމަށެވެ.

އިނާސް އާއި އަބްދުއްލަތީފްގެ މައްޗަށް ދައުވާ ކޮށްފައިވަނީ، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން، ޓެރެރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާ ފަދަ ލިޔުންތަކަކާއި ވީޑިއޯ އެމީހުން ގެންގުޅުނު ކަމަށް ތުހުމަތު ކުރެވޭ ހާޑް ޑިސްކަކުން ފެނިފައިވާތީ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.

ޢެ ދައުވާ ކުރި ސަބަބެއް ކަމަށް ޕީޖީ އޮފީހުން ބުނެފައިވަނީ، ފުލުހުންގެ ލޯންޗެއް ރޯކޮށްލި މައްސަލައާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން އިނާސްގެ ގެ ބަލާ ފާސްކުރުއިރު، ފެނުނު ލެޕްޓޮޕެއްގެ ހާޑް ޑިސްކް ތަހުލީލު ކުރިއިރު، ޓެރެރިސްޓް ޖަމާއަތްތައް ކަމަށްވާ، އިސްލާމިކް ސްޓޭޓް އާއި އަލްގައިދާ އަށް ތާއީދު ކުރާކަން ދޭހަކޮށްދޭ ލިޔުންތަކާއި ވީޑިއޯ ފެނިފައިވާތީ ކަމަށެވެ.

މީގެއިތުރުން، ކޯޓު އަމުރެއްގެ ދަށުން، އަބްދުއްލަތީފްގެ ގެ ބަލާ ފާސްކުރިއިރު، ފެނުނު ހާޑް ޑިސްކެއް ތަހުލީލު ކުރިއިރު، ޓެރެރިސްޓް ޖަމާއަތްތައް ކަމަށްވާ ޖަބްޙަތުއްނުޞްރާ އާއި އަލްގައިދާއަށް ތާއީދު ކުރާކަން ދޭހަކޮށްދޭ ލިޔުންތައް ފެނިފައިވާތީ ކަމަށް ވެސް ޕީޖީ އޮފީހުން މައުލޫމާތުދެ އެވެ.

މި ދައުވާ އެ ދެ މީހުންގެ މައްޗަށް ސާބިތު ވެއްޖެނަމަ، އެއް އަހަރާއި ތިން އަހަރާ ދެމެދުގެ މުއްދަތެއްގެ ޖަލުގެ ހުކުމެއް އަންނާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން