އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު (ކ)
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު (ކ)
މަޖިލީސް އިންތިޚާބުގައި ވާދަކުރުމަށްއެދި މިހާތަނަށް އިލެކްޝަންސް ކޮމިޝަން، އީސީއަށް ލިބިފައިވަނީ 18 އެޕްލިކޭޝަން ފޯމު ކަމަށް އެ ކޮމިޝަނުން ހާމަކޮށްފިއެވެ.

މަޖިލިސް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮޝަނުން ހުޅުވާލީ މިދިޔަ ޖެނުއަރީ މަހުގެ 30ވަނަ ދުވަހުއެވެ. އިންތިޚާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅުމުގެ ދޮރު ބަންދުވާނީ މި މަހުގެ 14 ވާ ބުދަ ދުވަހުގެ މެންދުރު 14:00 އަށެވެ.

އީސީގެ ނާއިބު ރައީސް އިސްމާޢީލް ޙަބީބު މިއަދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ޢާންމުކޮށް އިޢުލާން ކުރިތާ މިއަދަށް 12 ދުވަސް ވެފައިވާ ކަމަށެވެ. އިންތިޚާބަށް ކުރިމަތިލުމަށް ބާކީ ދެން އޮތީ 4 ދުވަސްކަން ފާހަގަ ކުރަށްވަމުން ޙަބީބު ވިދާޅުވީ، އިންތިހާބު ބާއްވާ ތާރީޚަށް ބަދަލެއް އަޔަސް، އިންތިޚާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ދެން އިތުރު މުއްދަތެއް ނުދޭނެ ކަމަށެވެ.

ޙަބީބު ވިދާޅުވީ، އިންތިޚާބުގައި ވާދަކުރުމަށްއެދި މިހާތަނަށް އީސީއަށް ހުށައަޅާފައިވަނީ 18 އެޕްލިކޭޝަން ފޯމު ކަމަށެވެ.

"އިއްޔެ ލިބުނީ ޕީއެންސީ ގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓަކާއި، އަމިއްލަ 2 ފަރާތަކުން ހުށަހެޅުއްވި 2 ފޯމު. މި 3 ހުށަހެޅުން ވެސް އީސީން ވަނީ ގަބޫލު ކޮށްފައި." ޙަބީބު ވިދާޅުވިއެވެ.

ޙަބީބު ވިދާޅުވީ، ހޮނިހިރު ދުވަހާއި، ރަސްމީ ދުވަސްތަކުގައި ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 ން މެންދުރުފަހު 14:00 އަށް ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި ކަމަށެވެ.

މިއަހަރުގެ މަޖިލިސް އިންތިޚާބު އަންނަ މާޗު މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް އީސީން ނިންމާފައިވީ ނަމަވެސް އިންތިޚާބާ ބެހޭ ޤާނޫނު އިސްލާޙު ކުރުމަށް މަޖިލީހަށް މިހާރު ހުށައަޅާފައިވާ އިސްލާޙު އަންނަ ހަފްތާގައި ފާސްކުރުމުން އެ ތާރީޚަށް ބަދަލު އަންނާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން