އިންތިޚާބެއްގެ ވޯޓުލުން ކުރިޔަށްދަނީ
އިންތިޚާބެއްގެ ވޯޓުލުން ކުރިޔަށްދަނީ
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރާ ކެންޑިޑޭޓުން 50 މީހުންގެ ސޮއި ހުށައަޅަންޖެހޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

މަޖިލިސް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮޝަނުން ހުޅުވާލީ މިދިޔަ ޖެނުއަރީ މަހުގެ 30ވަނަ ދުވަހުއެވެ. އިންތިޚާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅުމުގެ ދޮރު ބަންދުވާނީ މި މަހުގެ 14 ވާ ބުދަ ދުވަހުގެ މެންދުރު 14:00 އަށެވެ.

އީސީގެ ނާއިބު ރައީސް އިސްމާޢީލް ޙަބީބު މިއަދު ވިދާޅުވީ، މަޖިލީސް އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރަށްވާ ކެންޑިޑޭޓުން އެޕްލިކޭޝަން ހުށައަޅުއްވާއިރު، އެބޭފުޅުންނަށް ތާއީދުކުރާ 50 މީހުންގެ ސޮޔާއެކު އެ ފަރާތްތަކުގެ އައިޑެންޓިޓީ ކާޑުގެ ދެފުށުގެ ސާފު ކޮޕީ ހުށަހަޅުއްވަންޖެހޭ ކަމަށެވެ. ހަމައެއާއެކު ދަރަނީގެ ރެކޯޑް އޮތްނަމަ، އެ ދަރަނި އަދާކުރަމުން ދާކަމުގެ ހެކި ހުށަހަޅަންޖެހޭނެ ކަމަށްވެސް ޙަބީބު ވިދާޅުވިއެވެ.

ޙަބީބު ވަނީ އެންމެ ފަހުވަގުތު ފޯމު ލުމަށް މަޑުކުރަށްވައިފިނަމަ، ފޯމުގައި މައްސަލައެއް ދިމާވެގެން ފޯމު އިސްލާޙް ކުރަން ޖެހިއްޖެ ހިނދެއްގައި، ފޯމު އިސްލާޙް ކުރުމަށް ވަގުތު ލިބިވަޑައިނުގެންފާނެ ކަމަށްވެސް ވިދާޅުވެފައެވެ.

މިއަހަރުގެ މަޖިލިސް އިންތިޚާބު އަންނަ މާޗު މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް އީސީން ނިންމާފައިވީ ނަމަވެސް އިންތިޚާބާ ބެހޭ ޤާނޫނު އިސްލާޙު ކުރުމަށް މަޖިލީހަށް މިހާރު ހުށައަޅާފައިވާ އިސްލާޙު އަންނަ ހަފްތާގައި ފާސްކުރުމުން އެ ތާރީޚަށް ބަދަލު އަންނާނެއެވެ.

ކުރިއަށް އޮތް މަޖިލީސް އިންތިޚާބުގައި ވާދަކުރުމަށް މިހާތަނަށް ފޯމު ހުށައަޅުއްވާފައިވަނީ 18 ފަރާތެކެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން