އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
މަޖިލީސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ އިންތިޚާބީ އެކައުންޓް ހުޅުވުމުގައި ދިމާވި ދަތިތައް އެމްއެމްއޭގެ ސަމާލުކަމަށް ގެނެސްފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވެއްޖެއެވެ.

އިންތިޚާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ރާއްޖޭގެ ބޭންކްތަކުގައި އެކައުންޓު ހުޅުވުމަށް މިހާރު އޮންނަ އުސޫލު އުނދަގޫކަން ފާހަގަކުރައްވައި ޙަބީބު އިއްޔެ ވިދާޅުވެފައިވަނީ، އިންތިހާބުތަކަށް ކުރިމަތިލާ ކެންޑިޑޭޓުން، އިންތިހާބަށް ހާއްސަކޮށް ރާއްޖޭގެ ބޭންކެއްގައި އަލަށް ހުޅުވަން ޖެހޭ ބޭންކް އެކައުންޓް މިހާރަށް ވުރެ ފަސޭހައިން ހުޅުވޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށެވެ.

ހަމައެއާއެކު އިންތިޚާބުތަކާބެހޭ އާންމު ގާނޫނަށް އިސްލާހް ގެނައުމަށް، ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައިވާ މިވަގުތު، މިކަމާމެދު ވިސްނަވައި ބޭންކުތަކުގެ ކަންބޮޑުވުންތަކަށްވެސް ޙައްލެއް ހޯދުމަކީ ވަރަށް މުހިންމުކަމެއް ކަމަށެވެ.

ކެންޑިޑޭޓުންނަށް އިންތިޚާބީ އެކައުންޓް ހުޅުވުމުގައި ދިމާވި ދަތިތައް އެމްއެމްއޭގެ ސަމާލުކަމަށް ގެނެސްފައިވާކަން ހާމަކުރަށްވަމުން ޙަބީބު މިއަދު ވިދާޅުވީ، އެކައުންޓް ހުޅުވުމުގައި، ދިމާވި ދަތިތައް ޙައްލުކުރުމަށް އެމްއެމްއޭ އިން ވަނީ ބޭންކުތަކުގައި ދަންނަވާފައި ކަމަށެވެ.

ޙަބީބު މިބީދައިން ވިދާޅުވެފައިވާއިރު، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 67 ވަނަ މާއްދާގެ ދަށުން ކެންޑިޑޭޓުންނަށް އިންތިހާބަށް ހާއްސަކޮށް ބޭންކް އެކައުންޓެއް ހުޅުވަން ވަނީ ލާޒިމް ކޮށްފައެވެ.

އެގޮތުން އެ މާއްދާގައި ބުނެފައިވަނީ، އިންތިހާބާ ގުޅޭ އެންމެހައި ހަރަދުތައް ކުރުމަށްޓަކައި އެކަމަށް ހާއްސަކުރާ އެކައުންޓެއް ދިވެހިރާއްޖޭގައި ހިންގާ ބޭންކެއްގައި ކޮންމެ ކެންޑިޑޭޓެއްގެ ނަމުގައި ހުޅުވަންވާނެ ކަމަށާއި، އިންތިހާބާ ގުޅިގެން ކުރާ އެންމެހައި ހަރަދެއް ކުރަންވާނީ އެ އެކައުންޓް މެދުވެރިކޮށް ކަމަށެވެ.

އޭގެއިތުރުން ކެންޑިޑޭޓަކަށް އެ އިންތިހާބާ ގުޅިގެން ލިބޭ ހުރިހާ ފައިސާގެ އެހީވެސް ޖަމާކުރަންވާނީ އެ އެކައުންޓަށް ކަމަށް ޤާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން