ތިލަމާލެ ބްރިޖް މަޝްރޫޢުގެ 33.4 އިންސައްތަ މަސައްކަތް ނިިމިއްޖެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިބްރާހީމް ތޮއާމް ވިދާޅުވެއްޖެއެވެ.
މީސް މީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވާހަކަދައްކަވަމުން ތޮއާމް ވިދާޅުވީ ތިލަމާލެ ބްރިޖް މަޝްރޫޢުގެ ޕައިލިން މަސައްކަތުގެ 54.4 އިންސައްތަ އަދި މުޅި މަޝްރޫޢުގެ 33.4 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ. މި މަޝްރޫޢުގެ މަސައްކަތް މިހާރު ހުރީ ތާވަލާއި އަޅާ ބަލާއިރު 1.2 އިންސައްތަ ކުރީގައި ކަމަށްވެސް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.
ތޮއާމް މިގޮތަށް ވިދާޅުވީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ސްޓޭޓް އަދި ޑެޕިއުޓީ މިނިސްޓަރުންނާއި އިންޖީނިއަރުންގެ ޓީމެއް މިއަދު ބްރިޖް ބައްލަވާލެއްވުމަށް ސައިޓަށް ވަޑައިގަތުމަށް ފަހުގައެވެ.
ތިލަމާލެ ބްރިޖުގެ މަސައްކަތް ފަށާފައިވަނީ ނިމިދިޔަ ސަރުކާރުންނެވެ. ނަމަވެސް ކުރީ ސަރުކާރުން ވައުދުވި ގޮތަށް ބްރިޖުގެ މަސައްކަތް ކުރެވިފައެއް ނުވެއެވެ. ސަރުކާރުން އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އިންޑިއާގެ އެފްކޮންސް ކުންފުންޏާއެވެ.
މި ސަރުކާރުން ތިލަމާލެ ބްރިޖް މަޝްރޫޢުއާއި ހަވާލުވީފަހުން ވަނީ މި މަޝްރޫޢުގެ މަސައްކަތް 2026 ވަނަ އަހަރުގެ ފަހުކޮޅާއި ހަމައަށް ނިންމާލެވޭނެ ކަމަށް ލަފާކޮށްފައެވެ. އެގޮތުން މިހާރު ކަނޑައަޅާފައިވާ ޝެޑިއުލްއާ އެއްގޮތަށް މަސައްކަތް ކުރިއަށްދާނަމަ، އަންނަ އަހަރު ފެބްރުއަރީގެ ނިޔަލަށް މާލެއާއި ވިލިމާލެ ގުޅާލެވޭނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން މަޢުލޫމާތު ދީފައި ވެއެވެ.
ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރުގެ އަގުހުރި މަޝްރޫއެކެވެ.

ތިލަމާލެ ބްރިޖް މަޝްރޫޢުގެ ޕައިލިން މަސައްކަތުގެ %54.4 އަދި މުޅި މަޝްރޫޢުގެ %33.4 މަސައްކަތް ވަނީ ނިމިފައި. މި މަޝްރޫޢުގެ މަސައްކަތް މިހާރު ހުރީ ތާވަލާއި އަޅާ ބަލާއިރު %1.2 ކުރީގައި. @MoCImv އިން ދަނީ މި މަޝްރޫޢު ކުރިއަށްދާއިރު ދިމާވެދާނެ… https://t.co/Y9wYTXWPVF
— Ibrahim Thoaam (@thoaam) February 10, 2024
ތިލަމާލެ ބްރިޖުގެ މަސައްކަތް ފަށާފައިވަނީ ނިމިދިޔަ ސަރުކާރުންނެވެ. ނަމަވެސް ކުރީ ސަރުކާރުން ވައުދުވި ގޮތަށް ބްރިޖުގެ މަސައްކަތް ކުރެވިފައެއް ނުވެއެވެ. ސަރުކާރުން އެ މަސައްކަތް ހަވާލުކޮށްފައި ވަނީ އިންޑިއާގެ އެފްކޮންސް ކުންފުންޏާއެވެ.
މި ސަރުކާރުން ތިލަމާލެ ބްރިޖް މަޝްރޫޢުއާއި ހަވާލުވީފަހުން ވަނީ މި މަޝްރޫޢުގެ މަސައްކަތް 2026 ވަނަ އަހަރުގެ ފަހުކޮޅާއި ހަމައަށް ނިންމާލެވޭނެ ކަމަށް ލަފާކޮށްފައެވެ. އެގޮތުން މިހާރު ކަނޑައަޅާފައިވާ ޝެޑިއުލްއާ އެއްގޮތަށް މަސައްކަތް ކުރިއަށްދާނަމަ، އަންނަ އަހަރު ފެބްރުއަރީގެ ނިޔަލަށް މާލެއާއި ވިލިމާލެ ގުޅާލެވޭނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން މަޢުލޫމާތު ދީފައި ވެއެވެ.
ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރުގެ އަގުހުރި މަޝްރޫއެކެވެ.
ކިޔުންތެރިންގެ ހިޔާލު