ޝަހީދު ޙުސައިން އާދަމް ބިލްޑިންގ
ޝަހީދު ޙުސައިން އާދަމް ބިލްޑިންގ
ރާއްޖޭގެ ކުޅަދާނަ އަންހެން އެތުލީޓް މާޔަން މުހައްމަދަށް މަގުމަތިން ހަމަލާދީ ފޭރުނު މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

ފުލުހުން ބުނީ އެ މައްސަލަ މިއަދު ހެނދުނު 06:20 ކަންހާއިރު ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ މިހާރު ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން ހާމައެއް ނުކުރެއެެވެ.

މީސްމީޑިއާގައި މާޔަން މިއަދު ބުނެފައިވަނީ، މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު ހުޅުމާލޭ "ކްލޭ ސްޓޫޑިއޯ" ހުންނަ މަގުގައި ކަމަށެވެ. އެގޮތުން އޭނާ ދުވެފައި ދަނިކޮށް، ސައިކަލެއްގައި އައި ދެމީހުން އޭނާ ވައްޓާލާ، ކަރުގައި އޮތް ރަން ފަށް ފޭރިގަނެފައިވާ ކަމަށް މާޔަން ވަނީ ބުނެފައެވެ.

މާޔަން ވަނީ އެ ފަށް ވިއްކަން ބަޔަކު އުޅޭނަމަ ނުވަތަ އެ ފަށް އަޅައިގެން އެއްވެސް މީހަކު ހުއްޓާ ފެނިއްޖެނަމަ އެކަން އަންގައިދިނުމަށް އެދިފައެވެ. އަދި މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށްވެސް މާޔަން ބުނެފައިވެއެވެ.

މާޔަން އަކީ ރާއްޖޭގެ ފުޓުބޯޅަ ކުރިއެރުވުމައްޓަކައި ގިނަ ހިދުމަތްތަކެއް ކުރަށްވާފައިވާ ކަނބަލެކެވެ. މާޔަން ވަނީ ކުރިން ރާއްޖޭގެ އަންހެން ގައުމީ ފުޓުބޯޅަ ޓީމަށް ކުޅެފައެވެ. އަދި އަންހެން ފުޓުބޯޅަ ޓީމުގެ އެސިސްޓެންޓު ކޯޗު ކަމާއި، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ އަންހެން ޓީމު ހިންގުމުގެ އިތުރުން އޭއެފްސީ އަންހެން ކޮމިޓީގެ އެފްއޭއެމްގެ އިސްވެރިޔާ ކަންވެސް އޭނާ ވަނީ އަދާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން