މަޖިލީހުގެ ޖަލްސާ ކުރިޔަށްދަނީ
މަޖިލީހުގެ ޖަލްސާ ކުރިޔަށްދަނީ
ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދަމަހުގެ ފަހުން ބާއްވަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އިންތިހާބާ ބެހޭ އާންމު ގާނޫނަށް އިހަވަންދޫ ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު ޝިފާއު އިސްލާހު ހުށަހަޅާފައި ވަނީ އިންތިހާބެއް ރޯދަ މަހާ ދިމާވާނަމަ، އެ އިންތިހާބެއް ބޭއްވުން ރޯދަމަސް ނިމުމަށްފަހު 10 ދުވަސް ފަހުން ބާއްވާ ގޮތަށް ބަދަލު ކުރުމަށެވެ.

އެ ބިލު މަޖިލީހުން މިއަދު ފާސްކުރީ ބިލު ދިރާސާ ކުރަން އެކުލަވައިލި ހާއްސަ ކޮމެޓީން ފާސްކުރި ގޮތަށް އިތުރު އެއްވެސް އިސްލާހެއް ނުގެނެހެވެ. ބިލު ފާސްކުރަން 46 މެމްބަރުން ވޯޓު ދެއްވިއިރު ބިލާ ދެކޮޅަށް ތިން މެމްބަރުން ވޯޓު ދެއްވި އެވެ.

އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނުގެ 43 ވަނަ މާއްދާއަށް ގެނެސްފައިވާ މި އިސްލާހުގައި ބުނަނީ މި ގާނޫނުގައި ނުވަތަ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް ބުނެފައި އޮތް ނަމަވެސް، ރޯދަ މަހުގެ ދުވަހެއްގައި އިންތިޚާބެއް ބާއްވައިގެން ނުވާނެ ކަމަށެވެ. އަދި އިންތިޚާބު ބާއްވަންޖެހޭ ތާރީޚު ރޯދަ މަހުގެ ދުވަހަކާ ދިމާވާނަމަ، އެ އިންތިޚާބެއް ބާއްވަން ވާނީ ރޯދަ މަސް ނިމުމުގެ 10 ދުވަސް ފަހުން ކަމަށް އިސްލާހުގައިވެއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވަން އީސީން އިއުލާނުކޮށްފައިވަނީ މާޗު މަހުގެ 17 އެވެ. އެ ދުވަސް ދިމާވަނީ ރަމަޟާންމަހުގެ ފުރަތަމަ ހަފްތާއަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން