މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓުން
މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެނޑިޑޭޓުން
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުންގެ ފޯމްތައް އިލެކްޝަން ކޮމިޝަން (އީސީ) އަށް މިއަދު ހުށަހަޅައިފިއެވެ.

ދަރުބާރުގޭގައި ގާއިމްކޮށްފައިވާ އިންތިހާބާ ބެހޭ މަރުކަޒަށް ކެންޑިޑޭޓުންގެ ފޯމްތައް މިއަދު ހުށަހަޅާފައިވާއިރު ޕާޓީގެ އިސް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. ދަރުބާރުގޭގައި ހަދާފައިވާ އިންތިހާބުގެ މައި މަރުކަޒުން އެމްޑީޕީގެ ކެންޑިޑޭޓުންގެ ފޯމުތަކާ ހަވާލުވެވަޑައިގަތީ އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނެވެ.

މަޖިލިސް އިންތިހާބުގައި އެމްޑީޕީން ހުރިހާ ދާއިރާއަކަށްވެސް ކެންޑިޑޭޓުން ވަނީ ނެރެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުން ފުރުސަތު ހުޅުވާލީ މިދިޔަ ޖެނުއަރީ 30 ވަނަ ދުވަހު އެވެ. މިމުއްދަތު ހަމަވާނީ އަންނަ އަންގާރަ ދުވަހު އެވެ.

މިއަހަރުގެ މަޖިލިސް އިންތިޚާބު އަންނަ މާޗު މަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް އީސީން ނިންމާފައިވީ ނަމަވެސް ކުރިއަށް އޮތް ރޯދަ މަސް ނިމޭ ދުވަހުން ފެށިގެން 10 ދުވަސް ފަހުން އިންތިހާބު ބާއްވަން މަޖުބޫރުވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ އިންތިޚާބުތަކާބެހޭ ޢާއްމު ގާނޫނު ފަސްކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން