ވަޒީރުންނާ ސުވާލު ކުރުމުގެ ގާނޫނު އުވާލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅި މައްސަލައިގެ ބަހުސް ފަށައިފިއެވެ.
މި ގާނޫނު އުވާލަން މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ.
މި ބިލު ހުށައަޅާފައިވަނީ އެ ޤާނޫނަކީ 2008 ވަނަ އަހަރުގެ ގާނޫނުއަސާސީ ވުޖޫދަށް އައުމުގެ ކުރިން އެކުލަވައި އަމަލު ކުރަމުން އަންނަ ގާނޫނަކަށް ވާތީއެވެ. އަދި އެގާނޫނުގެ ސަބަބުން ވަޒީރުންނާ ސުވާލުކުރަން އޮންނަ ފުރުސަތު ހަނިވާކަމަށް ބިލުގައިވެއެވެ.
ވަޒީރުންނާ ސުވާލުކުރުމުގެ ގާނޫނު އުވާލުމަށް ހުށައެޅިއިރު، މަޖިލީހުގެ ގަވައިދުގައި ވަޒީރުންނާ ސުވާލުކުރެވޭ ގޮތަށް ހުރި ބައެއް މާއްދާތަކަށް އެމްޑީޕީން ވަނީ އިސްލާހު ގެނެސްފައެވެ.
އެގޮތުން ވަޒީރުންނަށް ޖަވާބުދާރިވުމަށް ކުރިން ދީފައި އޮތް 14 ދުވަހުގެ މުއްދަތަށް ބަދަލުގެނައުމާއި ވަކި މައުލޫއަކަށް ސުވާލު ކުރަން ޖެހޭގޮތަށް އޮތް އޮތުން އުވާލުން ހިމެނެއެވެ.
ސަލީމް ވިދާޅުވީ ގާނޫނުއަސާސީގެ 98 ވަނަ މާއްދާއާއި މަޖިލީހުގެ ގަވައިދުގެ 21 ވަނަ ބާބުގައިވެސް ވަޒީރުންނާ ސުވާލުކުރުން ހިމެނިފައިވާތީ މި ގާނޫނުގެ ބޭނުމެއް މިހާރު ނެތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު