އިންތިޚާބެއްގެ ވޯޓު ގުނުން ކުރިއަށްދަނީ
އިންތިޚާބެއްގެ ވޯޓު ގުނުން ކުރިއަށްދަނީ
މަޖިލީސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ އިންތިޚާބީ އެކައުންޓް ހުޅުވުމުގައި ދިމާވި ދަތިތައް ޙައްލުކުރުމަށް މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއައިބީގެ އީޖާބީ ޖަވާބެއް ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު ދާދިފަހުން ވިދާޅުވެފައިވަނީ، މަޖިލީސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ އިންތިޚާބީ އެކައުންޓް ހުޅުވުމުގައި ދިމާވި ދަތިތައް އެމްއެމްއޭގެ ސަމާލުކަމަށް ގެނެސްފައިވާކަމަށެވެ.

އެމައްސަލައަށް މިހާރު ޙައްލެއް ލިބިފައިވާކަން ހާމަކުރަމުން އީސީން ބުނެފައިވަނީ، އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވަންޖެހޭ އާ އެކައުންޓް ހުޅުވުމުގައި ދިމާވާ ދަތިތައް ޙައްލުކުރުމުގައި، މޯލްޑިވްސް އިސްލާމިކް ބޭންކުގެ ފުރިހަމަ އެހީތެރިކަން ދެއްވާނޭ ކަމަށް އެ ބޭންކުން އިލެކްޝަންސް ކޮމިޝަނަށް އަންގާފައިވާ ކަމަށެވެ. އެހެންކަމުން އެކަން ކެންޑިޑޭޓުންގެ މަޢުލޫމާތަށްޓަކައި ދަންނަވާކަމަށް އީސީން ބުނެފައިވެއެވެ.



އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 67 ވަނަ މާއްދާގެ ދަށުން ކެންޑިޑޭޓުންނަށް އިންތިހާބަށް ހާއްސަކޮށް ބޭންކް އެކައުންޓެއް ހުޅުވަން ވަނީ ލާޒިމް ކޮށްފައެވެ.

އެގޮތުން އެ މާއްދާގައި ބުނެފައިވަނީ، އިންތިހާބާ ގުޅޭ އެންމެހައި ހަރަދުތައް ކުރުމަށްޓަކައި އެކަމަށް ހާއްސަކުރާ އެކައުންޓެއް ދިވެހިރާއްޖޭގައި ހިންގާ ބޭންކެއްގައި ކޮންމެ ކެންޑިޑޭޓެއްގެ ނަމުގައި ހުޅުވަންވާނެ ކަމަށާއި، އިންތިހާބާ ގުޅިގެން ކުރާ އެންމެހައި ހަރަދެއް ކުރަންވާނީ އެ އެކައުންޓް މެދުވެރިކޮށް ކަމަށެވެ.

އޭގެއިތުރުން ކެންޑިޑޭޓަކަށް އެ އިންތިހާބާ ގުޅިގެން ލިބޭ ހުރިހާ ފައިސާގެ އެހީވެސް ޖަމާކުރަންވާނީ އެ އެކައުންޓަށް ކަމަށް ޤާނޫނުގައި ވަނީ ބަޔާންކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން