ސޯމާލިއާގެ ވެރިރަށް މޮގަދިޝޫގެ އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް ދިން ނިރުބަވެރި ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.

މި ހަމަލާގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް، ބަހްރެއިން އަދި ސޯމާލިއާގެ ގިނަ އަދަދެއްގެ އަސްކަރީ މުވައްޒަފުން މަރުވެ، އިތުރު ބައެއް މީހުންނަށް އަނިޔާވެފައެވެ.



ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ބައިނަލްއަޤްވާމީ ޤާނޫނާ ފާޅުކަން ބޮޑު ގޮތެއްގައި ޚިލާފުވާ މިފަދަ ޓެރަރިޒަމްގެ އަމަލުތަކުގެ ސަބަބުން ސަރަޙައްދުގެ ސުލްޙައާއި ހަމަޖެހުމަށް ނޭދެވޭ އަސަރުތަކެއް ކުރާ ކަން ފާހަގަކޮށްފައެވެ.



ރާއްޖެއަކީ ފާޅުކަން ބޮޑު ގޮތެއްގައި ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ރާއްޖޭގެ ބައިލެޓަރަލް އަދި މަލްޓިލޭޓަރަލް ބައިވެރިންނާ ގުޅިގެން މަސައްކަތް ކުރުމަށް ވައުދުވެފައިވާ ގައުމެއް ކަަމަށް ދިވެހި ސަރުކާރުން ބުނެފައި ވެއެވެ.

މިހަމަލާއާއި ގުޅިގެން މަރުވި މީހުންގެ އާއިލާތަކަށާއި މި ހާދިސާގެ އަސަރު ކުރި ހުރިހާ ފަރާތްތަކަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ކިޔައި، ސޯމާލިޔާގެ ސަރުކާރާއި ރައްޔިތުންނާއިއެކު އެއްބައިވަންތަކަމުގައި ދެމިތިބިކަމަށް ދިވެހި ސަރުކާރުން ހާމަކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން