މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ރައީސްކަމަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން މިއަދު ހުޅުވާލައިފިއެވެ.

އެމްޑީޕީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، އެ ޕާޓީގެ ރައީސްގެ މަގާމުގެ އިންތިހާބު 2 މާރޗް 2024 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެހެންކަމުން، އެ މަގާމަށް ކުރިމަތިލާން ޝައުގުވެރިވާ އެ ޕާޓީގެ މެންބަރުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ފުރިހަމަކޮށްފައިވާ ކުށާއި ދަރާނީގެ ރިކޯޑާއިއެކު ކުރިމަތިލުމަށް ހާއްސަކޮށްފައިވާ ގޫގުލްފޯމް ފުރިހަމަކޮށް މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށް އެމްޑީޕީން ވަނީ އެދިފައެވެ.

އެމްޑީޕީގެ ރައީސް ކަމުގެ މަގާމުގައި އެންމެ ގިނަ ދުވަސްތަކެއް ވަންދެން ހުންނެވީ ރައީސް މުޙައްމަދު ނަޝީދެވެ. ނަމަވެސް، އެ ޕާޓީގެ ތެރޭގައި ޖެހުނު މައްސަލަތައް ހައްލުނުވެ ރައީސް ނަޝީދު އެމްޑީޕީ ދޫކޮށްލެއްވުމާއި ގުޅިގެން، މިވަގުތު އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނެވީ ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން