އިބްރާހިމް ފަހީމް   15 ފެބްރުއަރީ 2024 - 1:38
މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށް ގެންދާ އެންމެ މުހިންމު އެއް މަޝްރޫއު ކަމަށްވާ ގުޅީފަޅު ހިއްކުމުގެ މަސައްކަތް އިހަށް މަޑުޖައްސާލުމަށް ހައިކޯޓުން އަމުރުކޮށްފިއެވެ.

150 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާ އެ ފަޅުގެ 100 ވަރަކަށް ހެކްޓަރު މިހާރުވެސް ވަނީ ހިއްކާ ނިމިފައެވެ. ނަމަވެސް، ތިމާވެށި ހިމާޔަތް ކުރުމުގެ މަސައްކަތުގައި އުޅޭ އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލައަކާއި ގުޅިގެން، ހައިކޯޓުގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން މިއަދު ކުރި ހުކުމުގައި ވަނީ މައްސަލަ ނިމެންދެން ވަގުތީ އަމުރެއް ނެރެނުދޭން ސިވިލް ކޯޓުން ނިންމި ނިންމުން ބާތިލުކޮށް، މައްސަލަ ނިމެންދެން މަޝްރޫއު ހުއްޓަން އަމުރުކޮށްފައެވެ.

ގުޅީފަޅު ހިއްކުމުގެ މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ވާނެކަމަށް ބުނެ، އެ މަޝްރޫއު ހުއްޓުވަން އެދި އެ މައްސަލަ ފުރަތަމަ ހުށަހެޅީ ސިވިލް ކޯޓަށެވެ.

ކުރީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ނިންމާފައި ވަނީ ގުޅީފަޅު ހިއްކަން 24 މިލިއަން ކިއުބިކް މީޓަރުގެ ވެލި އެޅުމަށެވެ. ނަމަވެސް މި ސަރުކާރުން ނިންމާފައި ވަނީ އިތުރު 21 މިލިއަން ކިއުބިކް މީޓަރުގެ ސަރަހައްދު ހިއްކައި، 85 ހެކްޓަރުގެ ބިން ގުޅީފަޅަށް އިތުރު ކުރާށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން